މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯކުތައް ހުއްޓުވަން ފުލުހުން ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރކްތައް ހުއްޓުވައި ގާނޫނީ ފުޔަވަޅުމަށް ފުލުހުން ފަށާފައިވާ ”އޮޕަރޭޝަން އަލިމަގު“ގެ ދަށުން ހާއްސަ މަސައްކަތްތަކެއް ގއ. އަތޮޅާއި މާލެ ސަރަަހައްދުގައި ހިންގަމުން ދާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެގައި ފިޔަވަޅުތައް އެޅޫމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ދާނެކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ހާއްސަ ޓީމުތަކާއި އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓް ވިންގު ގުޅިގެން ކަމަށެވެ.
އޮޕަރޭޝަން އަލިމަގުގެ ތެރެއިން، ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް، 30.63 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.
އޮޕަރޭޝަން އަލިމަގުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން، ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިހު މުހައްމަދު ވިދާޅުވީ، 2025 ނޮވެމްބަރު 13އިން ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް، މި އޮޕަރޭޝަނުގެ ތެރެއިން، ރާއްޖެތެރެ 39 ރަށަކަށް އަމާޒުކޮށް، 166 ތަނެއް ބަލާފާސްކުރެވިފައިވާ ކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯކުތައް ހުއްޓުވަން ބޮޑު އޮޕަރޭޝަނެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ