އަންނަ މަހު ބާއްވާ އެމްޑީޕީގެ ޗެއާޕަސަން އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހަޅަންހުޅުވާލައިފި އެވެ.
އެމްޑީޕީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ޝަކުވާ ހުށަހަޅަން ހުޅުވާލީ، ވޯޓާސް ލިސްޓަށް ހުށަހެޅުނު ޝަކުވާ އާއި ރީ-ރަޖިސްޓްރޭޝަނާއި ގުޅިގެން ގެނެވުނު ބަދަލުތަކަށެވެ.
އެގޮތުން ޝަކުވާ ހުށައެޅުމަށް ދީފައިވަނީ ދެ ދުވަހުގެ މުއްދަތެކެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ ބުދަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ. އަދި ޝަކުވާ ހުށަހެޅޭނީ ގޫގުލް ފޯމް މެދުވެރިކޮށެވެ. އެކަމަކު ކުރިން ހުށައަޅާފައި ނުވާ އާ ޝަކުވާ މިފުރުސަތުގައި ބަލައެއް ނުގަންނާނެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމްގެ އިތުރުން އިބްރާހީމް މުޙައްމަދު (ވާޑު) އެވެ.
ނަޝީދާއި މީކާއިލްގެ މެދުގައި ވާދަވެރިކަން ބޮޑު އިންތިހާބު އޮންނާނީ އަންނަ މަހުގެ 12 ގަ އެވެ.
ޗެއާޕާސަން ވޯޓާސް ލިސްޓް ބަދަލުތަކަށް ޝަކުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ