ރައްކާތެރި އަދި ފާގަތި މުސްތަޤުބަލެއް ބިނާކުރުމަށް ތިމާވެށި ޙިމާޔަތްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށާއި، މިކަން ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖެއަކީ ތިމާވެށީގެ ނުރައްކާތަކާއި ކުރިމަތިލާންޖެހިފައިވާ ކުދި ޖަޒީރާ ޤައުމަކަށްވުމުން، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. މިގޮތުން މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "ޕްރޮޖެކްޓް ސޯލާ ސިޓީ" ފަދަ މުހިންމު މަޝްރޫޢުތަކާއެކު މޫސުމީ ބަދަލުތަކަށް ޙައްލު ހޯދުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރަށް ބާރެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ކާރިސާތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކާއި، ކުރިއާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާ ކުރުމުގެ އިތުރުން، މުޖުތަމައުތައް ބައިވެރި ކޮށްގެން ތިމާވެށި ޙިމާޔަތް ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ތިމާވެށީގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިހާރު ކުރިމަތިވަމުންދާ ތިމާވެށީގެ ކާރިސާތަކުގެ ސަބަބުން އިންސާނުންނަށާއި، ދިރުންތަކަށް އަދި ޤުދުރަތީ ވަސީލަތްތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި މިކަންކަމަށް ޙައްލެއް ހޯދުމަށް މުޅި ދުނިޔެ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްހޫރިއްޔާގެ މެސެޖުގައި ރައްކާތެރި އަދި ފާގަތި މުސްތަޤުބަލެއް ބިނާކުރުމަށް ތިމާވެށި ޙިމާޔާތް ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށާއި، މިކަން ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ހޭލުންތެރިކަން އިތުރު ކުރުމާއި، ޒިންމާދާރު ކަމާއެކު އަމަލުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
1973 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖޫންމަހުގެ 5ވަނަ ދުވަހަކީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. މިއަހަރުގެ ތިމާވެށީގެ ދުވަހަށް ކަނޑައަޅާފައިވަނީ، "އިންސްޕަޔަޑް ބައި ނޭޗަރ، ފޯ ކްލައިމެޓް، ފޯ އަވަރ ފިއުޗަރ" މި ޝިޔާރެވެ.
ތިމާވެށި ޙިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ ވެށި ފެހިކޮށް އިޔާދަކުރުމަށް، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްވެސް ދަނީ ކުރިއަށް ގެންދަވަމުންނެވެ. އަދި ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ތަރައްޤީ ކުރުމާއި، ރާއްޖޭގެ އިތުރު 3 ސަރަޙައްދެއްގައި ބަޔޯސްފިއަރ ރިޒަރވް ޤާއިމްކުރެއްވުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. މީގެ އިތުރުން، ރަށްރަށުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.
"ރައްކާތެރި މުސްތަޤުބަލަކަށް، ތިމާވެށި ޙިމާޔަތްކުރުން މުހިންމު"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ