ރޯދަ މަހުގެ ކަރަންޓު ބިލު 400ރ. އަށް ވުރެ ބޮޑު ނުވާގޮތަށް، ހާއްސަ ރީޑިންގ މި ހަފްތާގައި ނަގަނީ!

ރަމަޟާން މަހުގެ ކަރަންޓު ބިލުތަކަށް ލުޔެއް ދިނުމަށްޓަކައި، ވަކިން ބިލު ހެދުމަށް ބޭނުންވާ ރީޑިންގް ނެގުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފަށާނެކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެކެވެ.
މި ރަމަޟާން މަހު ވެސް ދިވެހި ރައްޔިތުންނަށް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ލިބޭނެކަމަށް ރައީސް މުއިއްޒު ހާމަކުރެއްވީ، އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސްގެ އެ ނިންމެވުމުގެ ދަށުން ރޯދަ މަހު ކޮންމެ ގެއެއްގެ ކަރަންޓު ބިލަށް ދައްކަން ޖެހޭނީ ގިނަވެގެން 400 ރުފިޔާ އެވެ.
ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނީ، ރޯދަ މަހަށް ވަކިން ބިލު ތައްޔާރުކުރުމަށްޓަކައި ރީޑިންގް ނެގުމުގެ މަސައްކަތް މި މަހުގެ 16 އަދި 17 ވަނަ ދުވަހު އެ ކުންފުނީގެ މުވައްޒަފުން ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންކަމުން، ގޭގެއަށް ރީޑިންގ ނަގަންދާ މުވައްޒަފުންނަށް އެއްބާރުލުން ދިނުމަށް ކުންފުނިން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ