ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށް ރައީސްގެ ހާއްސަ މެސެޖެއް!

ދާއިރާގެ ތެރޭގައި ދިވެހިންގެ ރީތި އާދަކާދަތަށް ހިމާޔަތްކޮށްގެން ކުރިއަށް ދިއުމަށް ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ސިނާއަތުގެ އެންމެހާ ހިދުމަތްތެރިންނަށް އިހުލާސްތެރިކަމާއިއެކު އަދާކުރާކަމަށެވެ. އަދި ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުމަށްޓަކައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަމާންކަމާއި ރީތި އާދަތައް ހިމާޔަތްކޮށްގެން ކުރިއަށް ދިއުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާކަމަށް ފާހަގަކުރެއްވިއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރަން ފެށީ ފުރަތަމަ ރިސޯޓުކަމަށްވާ ކުރުނބާ ވިލެޖް 1972 ވަނަ އަހަރުގެ އޮކްޓޫބަރު 3 ވަނަ ދުވަހުގައި ހުޅުވިގެންދިއުމާއެކުއެވެ.
މި ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް އަހަރުން އަހަރަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވައި ހިދުމަތް ދޭން ފެށީ ވެސް ޕީކް ސީޒަނާއި ދިމާކޮށް ފަތުރުވެރިންނަށްދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށްކަން ވަނީ ފާހަގަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ