ކ. ހިންމަފުށީގައި މާރާމާރީ ހިންގި ބިދޭސީންތަކެއް ރާއްޖެއަށް ނާދެވޭ ގޮތަށް އެ މީހުންގެ ގައުމަށް ފޮނުވާލަން އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ، ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު މިދިޔަ ހޯމަ ދުވަހުގެ ރޭ 7:24 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި މިސްރަށް ނިސްބަތްވާ ބިދޭސީ ދެ ފިރިހެނުން ހައްޔަރުކުރި އެވެ.
ތަފްސީލް - ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދަށް ޖެހީ ދެ ދުވަހެވެ.
ފުލުހުން ބުނީ:
މި މައްސަލައިގެ ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް ބަލަންޖެހޭކަންކަން ބަލާފައިވޭ
ތަހުގީގުގެ ހޯދަންތަކަށް ރިއާޔަތްކޮށް، ތުހުމަތު ކުރެވޭ މީހުން ރާއްޖެއިން ފުރުވާލުމަށް ފަހު އަނބުރާ ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް މޯލްޑިވްސް އިމިގްރޭޝަން އަށް ވާނީ ހުށަހަޅާފައި
އެ މާރާމާރީގެ ތަފްސީލެއް ފުލުުހުން ނުދެ އެެވެ. އެކަމަކު ސޯޝަލް މީޑިއާގައި ދައުރުވި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި މި މާރާމާރީގައި ބިދޭސީންނަށް ޒަހުމުތަކެއް ލިބިގެން ހޮސްޕިޓަލުން ފަރުވާ ވެސް ހޯދި އެވެ.
ހިންމަފުށީގައި މާރާމާރީ ހިންގި ދެ ބިދޭސީއަކު ޑީޕޯޓުކޮށްލަން އިމިގްރޭޝަނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ