ސަރުކާރު ކުންފުނިތަކުގެ ޗެއާޕާސަންގެ ގޮތުގައި އައްޔަނު ކުރާ މީހުންނަކީ ވިޔަފާރީގެ ދާއިރާ އިން ތަޖުރިބާ ހުރި މީހަކަށް ވާންޖެހޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފި އެވެ.
ވީ ކިހިނެއް؟ - ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުނީ އިއްޔެ ބޭއްވި އެ ބޯޑުގެ ބައްދަލުވުމުގައި ނިންމާފައިވަނީ ސަރުކާރު ކުންފުނިތަކުގެ ޗެއާޕާސަނުންގެ ގޮތުގައި މީހުން އައްޔަނު ކުރުމުގެ އުސޫލު ހަރުދަނާކޮށް، އެންމެ ގާބިލު މީހުން މަގާމަށް އައްޔަނު ކުރުމަށް ކަމަށެވެ.
ތަފްސީލް - ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ ފަރާތްތައް އައްޔަނުކޮށް ވަކިކުރުމުގައި ޕީސީބީ އިން ގެންގުޅޭ އުސޫލަށް ބަދަލު ގެނެސް، ޗެއާޕާސަނުން އައްޔަނު ކުރާނެ މިންގަނޑު ވަނީ އިސްލާހު ކޮށްފަ އެވެ.
މީގެ ކުރިން އޮންނަ ގޮތުން އެ މަގާމަށް އައްޔަނު ކުރަނީ ޕީސީބީން ކުރިއަށް ގެންދާ އިންޓަވިއު އިން %60 ލިބި ތަފާތު ވިސްނުމާއި ގާބިލްކަން ހުންނަ އަދި ކުންފުނީގެ ވިޔަފާރި ތަރައްގީ ކުރުމުގެކަންތައް ރާވާ ދުރު މުސްތަގުބަލަށް އަމާޒުކޮށްގެން ކަންތައް ރޭވުމުގެ ގާބިލްކަން ހުންނަ މީހުންނެވެ.
ނަމަވެސް އިއްޔެ ގެނައި އިސްލާހުގެ ދަށުން ކުންފުނިތަކުގެ ޗެއާމަނުންނަށް އައްޔަނު ކުރާ މީހުންގެ ކިބާގައި ހުރުން ލާޒިމު ޝަރުތުތަކުގެ ތެރޭގައި:
ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7އަށް ފެތޭ (މާސްޓާސް ޑިގްރީ ނުވަތަ ޕޯސްޓްގްރެޖުއޭޓް) ލެވެލްގެ ސަނަދަކާ އެކު ވިޔަފާރި އާއި ގުޅުން ހުރި ދާއިރާއަކުން 5 އަހަރުގެ ތަޖުރިބާ ހުރި މީހުން
ވިޔަފާރި ހިންގާ ބެލެހެއްޓުން ނުވަތަ މެނޭޖުމެންޓު ލެވެލްގައި މަދުވެގެން 7 އަހަރުގެ ތަޖުރިބާ ހުރުން
ތަފާތު ވިސްނުމާއި ތަޖުރިބާ އާއި ގާބިލުކަންހުރި އަދި ޑިރެކްޓަރުންގެ ބޯޑުގެ ޒިންމާތައް މެނޭޖު ކުރުމުގެ ގާބިލްކަން ހުރުމާއެކު ކުންފުނީގެ ވިޔަފާރި ތަރައްގީކޮށް، ރާވާ ހިންގުމުގައި އެ ވަގުތަކަަށާއި ދުރު މުސްތަގުބަލަށް ވިސްނާ މީހެއްތޯ ބެލުމަށް ޕީސީބީ އިން ކުރިއަށް ގެންދާ އިންޓަވިއު އިން %60އަށް ވުރެ މަތިން މާކްސް ލިބޭ މީހަކަށް ވުން
އަލަށް އެކުލަވާލި އުސޫލުގެ ދަށުން ޗެއާމަން އަކަށް އައްޔަނު ކުރާ މީހުގެ ކިބާގައި މިއިން ކޮންމެވެސް އެއް ޝަރުތެއް ހުންނަން ޖެހޭނެ ކަމަށް ޕީސީބީން ބުންޏެވެ.
އެސްއޯއީތަކުގެ ޗެއާމަނުންގެ ގާބިލްކަން ކަށަވަރު ކުރުމަށް އުސޫލު ހަރުކަށިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ