މިނިވަން ދުވަހާ ގުޅުވައިގެން 28 ޖުލައިވާ ހޯމަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން މިއަދު ބުނީ 28 ޖުލައިއަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ މި އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރަށް ވާތީ، އެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާތީ ކަމަށެވެ.
ތަފްސީލް - ރާއްޖޭގެ މިނިވަން ދުވަހަކީ 26 ޖުލައި އެވެ. އެއާ ވިދިގެން އަންނަ 27 ޖުލައި އަކީ ވެސް އެ ދުވަހުގެ މުނާސަބަތުގައި އަބަދު ވެސް ބަންދު ދުވަހެކެވެ.
ރައީސް އޮފީހުން މިއަދު ބުނީ 26 އަދި 27 ޖުލައިގެ އިތުރުން 28 ވަނަ ދުވަހު ވެސް މިނިވަން ދުވަސް ފާހަގަކުރުމުގެ ޕްރޮގްރާމުގައި ހިމެނޭ ބައެއް ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މިނިވަން ދުވަސް ފާހަގަކުރަން 28 ޖުލައި ވެސް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ