މުޅި މާލެ އަދި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

މުޅި މާލެ އަދި ހުޅުމާލެއިންވެސް ކަރަންޓް ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. އެގޮތުން ކަރަންޓް އަލުން ދިނުމަށް މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 
މާލެއާ ހުޅުމާލެއިން ކަރަންޓް ކެނޑިފައިވާއިރު، މިދިޔަ ޖޫންމަހުގެ އެއްވަނަ ދުވަހުވެސް މުޅި މާލެ އަދި ހުޅުމާލެއިން ވަނީ ކަރަންޓް ކަނޑައިގެންގޮސްފައެވެ. އެފަހަރު ހުރިހާ ސަރަހައްދަކަށް ކަރަންޓްދީ ނިމުނީ ހަވީރުވި ފަހުންނެވެ. އެދުވަހު ކަރަންޓް ކެނޑުމުން ސްކޫލްތަކުގެ ކިޔެވުންވެސް މެދުކަނޑާލިއެވެ.
އިތުރު ތަފްސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ