ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ރުކުމާ މުހައްމަދު އަބްދުލްކަރީމް މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށްފި އެވެ.
މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރުމާ ގުޅިގެން ފެނަކައިގެ ޑީއެމްޑީގެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން މުހައްމަދު އަބްދުލްކަރީމް އަދަދު އަށް ކަށަވަރު ކޮށްދެއްވި އެވެ.
"މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް އައްޔަނުކުރުމާ ގުޅިގެން އަދާކުރަންޖެހޭ އިދާރީ ބައި ފުރިހަމަ ކުރުމުގެ ގޮތުން އިސްތިއުފާ ދީފިން،" މުހައްމަދު އަބްދުލްކަރީމް ވިދާޅުވި އެވެ.
މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް އޭނާ އައްޔަނުކުރީ މިމަހުގެ 23 ގައި ކަމަށް މުހައްމަދު އަބްދުލްކަރީމް ވިދާޅުވި އެވެ.
މި ބަދަލު ގެނައީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް މި ބަދަލު ގެނައިއިރު، މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާތައް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެސްޓީއޯއިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގެ ތަފުސީލެއް ފަހުން ހާމައެއް ނުކުރެ އެވެ.
ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މުހައްމަދު އަބްދުލްކަރީމް މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މުހައްމަދު އަބްދުލްކަރީމް މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ