ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ރިފާތު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެއަށް ފުރައްސާރަކޮށް، ފޭސްބުކްގައި ކުރި ޕޯސްޓު ޑިލީޓު ކޮށްފި އެވެ.
"ނަސީބެއްނު، މުންޑެއް ލައިގެން ނައިކަން،" ރަސްމީ ދަތުރެއްގައި އިއްޔެ ހެނދުނު ރާއްޖެ ވަޑައިގެންނެވި ޑިސަނަޔެކެ އަށް ރަސްމީ އިއްޒަތުގައި މަރުހަބާ ކިޔުމަށް އިއްޔެ މެންދުރު ފަހު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތަށް އެ މަނިކުފާނު ވަޑައިގެންނެވި ވަގުތު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާއެކު ހުންނެވި ފޮޓޯއަކާއެކު ރިފާތު ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.
އެގޮތަށް ކޮމެންޓު ކުރެއްވުމާ ގުޅިގެން މީހުންގެ ފާޑުކިޔުން އަމާޒުވާން ފެށުމުން އެ ޕޯސްޓު ރިފާތު ޑިލީޓު ކުރެއްވި އެވެ.
ލަންކާގެ ރައީސްއަށް ނިސްބަތްކޮށް ރިފާތު ފުރައްސާރައިގެ ކޮމެންޓެއް ކުރެއްވީ ރާއްޖެ ވަޑައިގެންނެވިއިރު ކޯޓު ފަޓުލޫނުގެ ބަދަލުގައި، އެ މަނިކުފާނުގެ ރަސްމީ ހެދުންކޮޅުގެ ގޮތުގައި ތުރުކުރައްވާ އަތް ދިގު ކުރުތާގައި ހުންނެވުން އެކަމަށް އިޝާރާތް ކުރައްވާފަ އެވެ.
ލަންކާގެ ރައީސް ފްލައިޓުން ފައިބައިވަޑައިގަންނަވަނީ. އެމަނިކުފާނު ތުރުކުރައްވައިގެން ހުންނެވި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު --- ފޮޓޯ: ރައީސް އޮފީސް
ރިފާތުގެ ކޮމެންޓާ ގުޅިގެން ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއް ކަމުގައިވާ މަރިޔަމް ޝިއުނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޔަވަޅު އެޅުމަށް ގޮވައިލެއްވި އެވެ.
"ސަރުކާރުގެ މަގާމުތަކުގައި ތިބެ ލަންކާ ރައީސް އަށް ފުރައްސާރަ ކުރި އެންމެންނަށް ފިޔަވަޅު އަޅަން ގޮވާލަން،" ޝިއުނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
މި ސަރުކާރު ފެށުނުއިރު ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ޝިއުނާ، އެމްއޭސީއެލްގެ އިސް މަގާމަކަށް އައްޔަން ކުރެއްވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާކޮށް ކުރި ކޮމެންޓާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑުކޮށްފައި ބެހެއްޓުމަށް ފަހު އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރި މައްސަލައިގައި ޖުމުލަ ތިން ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑު ކުރީ ޖެނުއަރީ 7، 2024 ގަ އެވެ.
އެއީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު އެވެ. އެ ތިން ބޭފުޅުން ވެސް ފަހުން މަގާމުން އިސްތިއުފާ ދެއްވި އެވެ. އެއަށް ފަހު ޝިއުނާއަށް އެމްއޭސީއެލް އަށް އަދި މަލްޝާ އެޗްޑީސީގެ މަގާމަކަށް އައްޔަންކުރި އެވެ.
ހޯމް މިނިސްޓްރީގެ ވެރިޔަކު ލަންކާގެ ރައީސް އަށް ފުރައްސާރަކޮށްފި ހޯމް މިނިސްޓްރީގެ ވެރިޔަކު ލަންކާގެ ރައީސް އަށް ފުރައްސާރަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ