ކަނޑު ވަރަށް ގަދަ؛ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އެދެފި

ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުތައް ވަރަށް ގަދަވާނެތީ، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން އެދެފި އެވެ.
ވީ ކިހިނެއް؟- ހުޅަނގު މޫސުމުގެ ބާރު އަނެއްކާވެސް ގަދަކޮށްލައި، މުޅި ރާއްޖެއަށް މޫސުން ވަނީ ގޯސްވެފަ އެވެ.
މެޓު އޮފީހުން ބުނެފައިވާ ގޮތުގައި:
ކުރިއަށް އޮތް ދެ ދުވަހު ވެސް ވިއްސާރަކޮށް، މޫސުން ގޯސްވާނެ
ވިލާގަނޑުގައި 50 މޭލަށް ވައިޖެހޭނެ، އެހެންވެ ކަނޑުތައް ވަރަށް ގަދަވާނެ
މިއަދު މުޅި ރާއްޖެއަށް ވަނީ ވައިޓް އެލާޓް ނެރެފައި
އެއާއެކު އެމްއެންޑީއެފުން ވަނީ، ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން:
ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުން 
ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ވެސް، މޫސުމަށް ވަރަށް ބަލައިގެން ކުރުން
ރޭގަނޑު ދަތުރުކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުން
މޫސުން ތަންނުދޭ ނަމަ، ދަތުރުތައް ފަސްކޮށްލުން
އެމްއެންޑީއެފުން ވަނީ، ރީނދޫ ނުވަތަ އޮރެންޖު އެލާޓް ނެރޭ ހާލަތްތަކުގައި ދަތުރުނުކުރުމަށް ވެސް އެދިފަ އެވެ.
އެނގުން މުހިއްމު - އެންމެ ފަހުން ހުޅަނގު މޫސުމުގެ ގަދައިގައި ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ