ބޯމަތީގައި އިންތިހާބެއް ނެތުމުން ވިއްސާރާގައި ހާލުގައި ޖެހިފައި ތިބި މާލޭ ރައްޔިތުން ގާތަށް ފޮޓޯއެއް ނެގުމަށް މިފަހަރު ދިޔުމެއް ނެތްތޯ އަހައި ގިނަ ބަޔަކު ސޯޝަލް މީޑީޔާގައި ރައީސް މުއިއްޒު އާއި ސުވާލު ކުރަން ފަށައިފިއެވެ.
މިއަށް ވުރެ މާ މަދުން ވާރޭ ވެހުމުން، ރައީސް މުއިއްޒު އާއި ކެނބިނެޓް ގަންބޫޓު ތުރުކުރައްވައި، ވާރޭ ވެހި ނިކަމެތިކަން ލިބިފައިވާ ފަރާތްތަކަށް ޒިޔާރަތް ކުރުން ކެމްޕެއިން ޚަރަކާތަކަށް ހެދިއެވެ. އެ ފަހަރު ރައީސް މުއިއްޒު ކެމްޕެއިން ކުރެއްވީ މާލޭ ދާއިރާގެ މޭޔަރު ކަމަށް އާޒިމާ ޝުކޫރު ހޮވުމަށެވެ.
ރައީސް މުއިއްޒު ގެތަކަށް ވަދެ ވަޑައިގަތުމުގެ ކުރިން، އަގު ބޮޑެތި ވޯޓާރ ޕްރޫފް ކެމެރާ މަނުން ގެތަކަށް ވައްދައި، ރައީސް ވަދެ ވަޑައިގަންނަވާ މަންޒަރު ވީޑިޔޯ ކޮށް ތަސްވީރު ނަގައި ދިޔައީ ސޯޝަލް މީޑިޔާގައި ކެމްޕެއިން ކުރަމުންނެވެ.
މާލޭ މޭޔަރު ކަމަށް ކުރި ވިއްސާރާގައި ރައީސް މުއިއްޒު ހެއްދެވި ޓާސްކްފޯސް އާއި އެކު ރައީސް އޮފީހުގެ ސިޗުއެޝަން ރޫމު ކޮޅުގައި ރައްޔިތުންގެ ހާލު ބެއްލެވުމުގައި
ވޯޓަށް ބޭނުންވެފައިވާލެއް މުހިންމު ވުމުން، ރައްޔިތުންގެ ގާތުން ދުރަކަށް ނުދެވުނެވެ. ނަމަވެސް މިހާރު ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ ބާރުތައް އިލެކްޝަން ކޮމިޝަނުން ނަންގަވައި، އޭނާގެ ފުރިހަމަ ކޮންޓްރޯލް އޮތް ތަނަކަށް އެތަން ހަދާފައެވެ. އިންތިހާބެއް ނެތުމުންނާއި، އިންތިހާބެއް އޮތަސް ރައްޔިތުންގެ ވޯޓަކީ މަންޒަރު ދެއްކުމަށް އަޅާލާ ވޯޓު ކަރުދާސް ކޮޅަކަށް ވާތީ، އެމަނިފާނުގެ ފުރިހަމަ ކޮންޓްރޯލުގެ ތެރެއިން ވޯޓު ކަރުދާހަށް ބޭނުން މަކަރެއް މިހާރު އިލެކްޝަން ކޮމިޝަނުގެ ތެރެއިން ހެދޭނެތީ، ރައްޔިތުންގެ މުހިންމުކަން ވަނީ އެއްކޮށް ކެނޑިފައެވެ.
މީހަކު ވަނީ ސޯޝަލް މީޑިޔާގައި “ހެލްޕް އާޒިމާ” ވެސް ޖަހާފައެވެ. ނަމަވެސް އާޒިމާ ޝުކޫރެއްވެސް މިފަހަރަކު ފެނިވަޑައި ނުގަތެވެ. ސަރުކާރުގެ އިސް ވެރިންނާއި، ސޯޝަލް މީޑިޔާގައި އުޅޭ ރައީސް މުއިއްޒުގެ ޓީމްތައް އޮތީ އެދު ދާން މަތީ އަރާމުގައި “ކޯޒީ” ވެފައި ކަމަށް ހަސަން ކުރުސީ ކުރެއްވި ޓުވީޓެއްގައި ބުނެފައި ވެއެވެ. ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ދަނީ ސިޗުއޭޝަން ރޫމް ކޮބާތޯ ވެސް އަހާފައެވެ. “މުޅި މާލެ މުއިއްޒު ވެއްޖެ! ކޮންމެ ފަސް މިނިޓަކުން ފެންނާނެ ކަމަށް ބުނި ފުލުހުންވެސް ފިލައިފި” ކަމަށް ބުނެ އެހެން ފަރާތަކުން ޓްވީޓް ކޮށްފައިވެއެވެ.
މާލޭ މޭޔަރު ކަމަށް ކުރި ވިއްސާރާގައި ރައީސް ވަނީ ރައްޔިތުންނަށް އެހީވުމަށް ހާއްސަ ޓާސްކް ފޯހެއް އުފައްދަވައި، އެމަނިކުފާނުގެ ބެލުމުގެ ދަށުން ކްރައިސިސް މެނޭޖް ކުރުމަށް ރައީސް އޮފީހުގައި ސިޗުއޭޝަން ރޫމެއް ހައްދަވާފައެވެ. މިފަހަރު މާފަންނު އެއްކޮށް ފެނުގެ އަޑިއަށް ދިޔުމުން، ފެން ހިންދާލަން ނުކުންނާނެ އެމްއެންޑީއެފް އޮފިސަރެއްވެސް މި ލިޔުން ލިޔުމާއި ހަމައަށް ނުވެއެވެ.
ބޯމަތީގައި އިންތިހާބެއް ނެތުމުން ވިއްސާރާގައި ހާލުގައި ޖެހިފައި ތިބި މާލޭ ރައްޔިތުން ގާތަށް ފޮޓޯއެއް ނެގުމަށް މިފަހަރު ވަޑައިގަތުމެއް ނެތްތޯ އަހައި ސޯޝަލް މީޑިޔާގައި މުއިއްޒަށް މަލާމާތުގެ ސުވާލުތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ