ދެވަނަ ބުރުގައި ޑރ މުއިއްޒުއަށް ތާއީދު އިތުރުކޮށްދެއްވުމަށް ރައީސް ޔާމީން އެދިއްޖެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް އިތުރުކޮށްދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން މިއަދު ބުނެފި އެވެ.
އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވަނީ ރައީސް ޔާމީންއާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމަށްފަހު  ޖަމީލު ވިދާޅުވީ ޔާމީން ހުރިހާ ރައްޔިތުންނަށް ވެވެދުން ފޮނުވާ ކަމަށާއި މުއިއްޒަށް އިތުރު ތާއީދު ދެއްވައި، ހިތްވަރު ކުރައްވައި ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި މިއީ  ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮ ފުރުސަތެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.
މިހާރު ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީން ވެރިކަމާއި ހަވާލުވާ ފުރަތަމަ ދުވަހު ގެއަށް ބަދަލުކޮށްދެއްވާނެ ކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފައި އެވެ. ހަމައެއާއި އެކު ގާނޫނީ ހަމަތަކުގެ މަތިން ޔާމީން މިނިވަންކޮށްދެއްވާނެ ކަމަށްވެސް ވައުދުވެވަޑައިގެންފަ އެވެ.
އިއްޔެ ރާއްޖޭގައި ކުރިޔަށްދިޔަ ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ލިބިފައިނުވާތީ އިންތިހާބު ވަނީ ދެވަނަ ބުރަކަށް ގޮސްފައެވެ. ފުރަތަމަ ބުރުން މެޖޯރިޓީ ނެންގެވީ ޑރ މުއިއްޒު އެވެ. އެގޮތުން މުއިއްޒު ވަނީ އިންތިހާބުގައި 46 އިންސައްތަ ވޯޓު ހޯދާފައެވެ. އަދި ރައީސް ސޯލިހަށް ފުރަތަމަ ބުރުން ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ