އެންމެ ބޮޑަށް ރައީސް ސޯލިހަށް ފާޑުވިދާޅުވި އެއް މެންބަރަކީ ޝިޔާން އެވެ. ރައީސަށް ދެވަނަ ދައުރެެއް ލިބިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.
ޝިޔާން ފަހުން ހުންނެވީ ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް ގައެވެ. ނަމަވެސް އެ ޕާޓީން ވަކިވެވަޑައިގެން މިރޭ ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.ޝިޔާން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެން މެންބާޝިޕް ފޯމް ރައީސް ސޯލިހާއި ހަވާލު ކުރައްވާފައެވެ.ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ގުޅުން ގޯސްވެ އެމްޑީޕީގަައި ދެ ފެކްޝަން އުފެދުމުން ޝިޔާން ގުޅިވަޑައިގަތީ ނަޝީދުގެ ފަޅިއާއެވެ. އެންމެ ބޮޑަށް ރައީސް ސޯލިހަށް ފާޑުވިދާޅުވި އެއް މެންބަރަކީ ޝިޔާން އެވެ. ރައީސަށް ދެވަނަ ދައުރެެއް ލިބިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.ޝިޔާންގެ ކުރީން ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވެސް މިހާރު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޑިމޮކްރަޓްސް ދޫކޮށް މެމްބަރު ޝިޔާން އަލުން އެމްޑީޕީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ