ނާޒިމްގެ ރަނިންމޭޓަކަށް ޑރ. އަދީލް ހަމަޖައްސަވައިފި މުއިއްޒުގެ ރަނިންމޭޓަކަށް މެމްބަރު ހުސައިން ހަމަޖައްސައިފި ރިވެތި އަޚުލާގުގެ ވެރިއަކަށް ވެވޭނީ ރަނގަޅު އެކުވެރިންނާއެކު އުޅެގެން: ޚުތުބާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް މެޑަމް ފަޒުނާ ގޮވާލައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓަކަށް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އައްޔަން ކުރައްވަން ނިންމަވައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި އަސްލަމް، ރަނިންމޭޓަކަށް ކަނޑައަޅަން ނިންމެވުމުން އޭނާ މިހާރު ވަނީ ކުށުގެ ރެކޯޑު ސާފުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑީޖޭއޭ އަށް ހުށަހަޅުއްވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދެވަނަ ދައުރުގެ ރަނިންމޭޓަކަށް އަސްލަމް ކަނޑައެޅުއްވުމާ ގުޅޭ ގޮތުން އެމްޑީޕީގެ އަދި އަސްލަމްގެ ބަހެއް ވެސް އެއްވެސް މީޑިއާއަކަށް އަދި ނުލިބެއެވެ.
އަސްލަމް އަކީ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންނަށް ބަލާއިރު އެންމެ ގިނަ ދުވަހު މެންބަރުކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަސްލަމް ހިތަދޫ އުތުރުދާއިރާގެ ގޮނޑި ފުރުއްވާތާ މިހާރު 15 އަހަރުވެއްޖެއެވެ.
މިވަގުތު އަސްލަމް ހުންނެވީ ރައީސް ސޯލިހްގެ ކެމްޕެއިންގައި އައްޑޫގައެވެ.
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ