ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ނެރުނު ވައިޓް އެލާޓް ދަންމާލައިފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ނެރުނު ވައިޓް އެލާޓް ގެ ވަގުތު އިތުރުކޮށްފިއެވެ.
މެޓް އޮފީހުން މީގެ ކުރިން ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 9:00 އާ ހަމައަށެވެ. ނަމަވެސް، އެ ސަރަހައްދުގެ މޫސުން އަދިވެސް ގޯސްކޮށް އުޅޭތީ، އެ އިދާރާއިން މިހާރު ވަނީ އެލާޓްގެ ވަގުތު މިރޭގެ 03:00 އާ ހަމައަށް ދަންމާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ