ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ހޯދުމަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައެއް ނުގަތް

ލޯކަލް ކައުންސިލް އިންތިޚާބާގުޅޭގޮތުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ސިވިލް ކޯޓަށް މިއަދު ހުށަހަޅަން މަސައްކަތްކުރި މައްސަލަ ބަލައި ނުގަތުމަށް އެކޯޓުން ނިންމާފައިވާކަމަށް، އެ ކޯލިޝަނުން ބުނެފިއެވެ.
ސިވިލް ކޯޓު ކުރިމަތީ ނޫސްވެރިންނާ ބައްދަލު ކުރައްވައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އެ މައްސަލަ ބަލައިނުގަންނަން ކޯޓުން ނިންމާފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ.
އެ މައްސަލަ ބަލައިނުގަންނަން ނިންމީ ކީއްވެގެން ކަން ސާފު ނުވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އެ ޕާޓީގެ އެތައް ސަތޭކަ ކެންޑިޑޭޓުންގެ ހައްގުތައް ގެއްލޭތީ ހުށަހެޅި މައްސަލައެއް ކަމަށާއި އެ މައްސަލަ ބަލައިނުގަތުމުން ހާމަވި ކަމަކީ ޝަރުއީ ނިޒާމުގެ ތެރެއިން އިންސާފު މިއަދު ނުލިބޭނެ ކަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ