ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ބުނެ، މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައިފިއެވެ. މިކަމަށް ގޮވާލާފައިވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މަޓާޓޯ އަދި އެންއެޗްޖީއޭއެމް އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ.
މި ބަޔާނުގައި ބުނެފައިވާ ގޮތުން، މި އަހަރުގެ މާޗް މަހުން ފެށިގެން ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މާޗް އަދި އޭޕްރީލް މަހު ޓޫރިސްޓުންގެ އަދަދު މަދުވެފައިވާއިރު، މެއި މަހުވެސް މި އަދަދު އިތުރަށް ދަށްވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެ ސަބަބުން ކުދި ވިޔަފާރިތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓްރެވަލް އޭޖެންޓުންނަށް ވަނީ ބޮޑެތި މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމިއްޔާތަކުން ވަނީ އެދިފައެވެ. އޭގެ ތެރޭގައި ލޯނުތަކަށް އިންޓަރެސްޓް ފްރީ މޮރޮޓޯރިއަމް ދިނުމާއި، ޓެކްސް ދެއްކުމުގައި ލުއިތަކެއް ހޯދައިދިނުން ހިމެނެއެވެ. މީގެ އިތުރުން އެއާޕޯޓް ތެލުގެ އަގު ހެޔޮކުރުމާއި، މުވައްޒަފުން ވަޒީފާގައި ދެމެހެއްޓޭނެ މާލީ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.
ކުރިން ދިމާވި މިފަދަ އުނދަގޫ ހާލަތްތަކުގައި ވެސް ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ކެތްތެރިކަން ދައްކާފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މިހާރު ދިމާވެފައިވާ މާލީ އަނދަވަޅުން ސަލާމަތްވެ، ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުން ދެމެހެއްޓުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ ޖަމިއްޔާތަކުން ވަނީ ދީފައެވެ.
މަގުބޫލު ލިޔުންތައް ފޭދޫ ސްކޫލުގައި އަލިފާން ރޯވެ އަދަނީ! އަހަރުގެ އެންމެ ޒުވާން ހޮޓަލިއާގެ އެވޯޑާއެކު ނުޝް ގެ ހުވަފެން ހަގީގަތާއި ގާތަށް! އުމުރުން 30 ގެ އަހަރުތަކުގައި ކަކުލުގައި ރިއްސުން: ސަމާލުވާންޖެހޭ މުހިންމު ނިޝާންތައް ފްލައިޓެއްގައި ތިބި ފަސިންޖަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ