ހާލަންޑްގެ ލަނޑުތަކާ އެކު މޮޅުވެ ސިޓީ ދެ ވަނަ އަށް ހާލަންޑްގެ ލަނޑުތަކާ އެކު މޮޅުވެ ސިޓީ ދެ ވަނަ އަށް

މެންޗެސްޓާ (ނޮވެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާލިން ބްރައުޓް ހާލަންޑްގެ ލަނޑުތަކާ އެކު، ބޯންމައުތު އަތުން 3-1 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް 10 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ސިޓީ އަށް ވަނީ 10 މެޗުން 19 ޕޮއިންޓް ލިބިފަ އެވެ. ރޭގެ ނަތީޖާާއާ އެކު، ބޯންމައުތު ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. ތިން ވަނައިގައި އޮތް ލިވަޕޫލާއި ހަތަރެއްގައި އޮތް ބޯންމައުތަށް 10 މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ކުރި ލިބެނީ ލިވަޕޫލް އަށެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ރަޔާން ޗާކީ ދިން ބޯޅައަކުން ހާލަންޑް ވަނީ 17 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަގައިދީފަ އެވެ. އޭގެ އަށް މިނިޓް ފަހުން، ކޯނަރެއްގައި، ފަހިވި ފުރުސަތެއްގައި، ބޯންމައުުތުގެ ޓައިލާ އެޑަމްސް ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.
މެޗުގެ 33 ވަނަ މިނިޓްގައި ވެސް ސިޓީން ލަނޑު ޖެހުމުގައި ފެނުނީ ފުރަތަމަ ގޯލުގެ ކޮމްބިނޭޝަން އެވެ. އެ ގޮތުން، މި ފަހަރު ވެސް ޗާކީ ދިން ބޯޅައަކުން ހާލަންޑް ވަނީ ލަނޑު ޖަހައިފަ އެވެ. މިއީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ހާލަންޑް ލީގުގައި ޖެހި 13 ވަނަ ގޯލެވެ. އަދި، ސީޒަނުގެ ހުރިހާ މުބާރާތެއްގައި ޖެހި، 26 ވަނަ ގޯލެވެ.
ދެ ވަނަ ހާފުގައި ސިޓީގެ ލަނޑު ޖެހީ، ފިލް ފޯޑެން ދިން ބޯޅައަކުން ނިކޯ އޯރައިލީ އެވެ.
ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ 3-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، ނޫނޯ އެސްޕިރީޓޯ ސަންޓޯގެ ކޯޗުކަމުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. މީގެ ކުރިން ނޮޓިންހަމް ފޮރެސްޓްގައި ހުރި ނޫނޯ، އެ ޓީމާ އެކު ވެސް ފުރަަތަމަ މޮޅު ހޯދީ ނިއުކާސަލް އަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ