ލޯބީގައި އޮންނަނީ ދެބައެކެވެ. އެއީ އަނެކާއަށް ދޭންޖެހޭ ބައަކާއި ތިމާއަށް ލިބެންޖެހޭ ބައެކެވެ. ނަމަވެސް ގިނަ ބައަކު ސަމާލުކަން ދެނީ ތިމާއަށް ލިބެންޖެހޭ ބައަށް އެކަންޏެވެ. އަނެކާއަށް ދޭންޖެހޭ ބައަށް ސަމާލުކަމެއް ނުދެއެވެ.
މައްސަލަ ޖެހޭ ސަބަބަކީއެއީއެވެ. ލޯބީގައި އެންމެ މުހިންމީ އަނެކާއަށް ދޭންޖެހޭ ބައެވެ. އެބައި ބަރާބަރަށް ދެވޭނަމަ އެމީހަކަށް ލިބެންޖެހޭ ބައި ދާނީ ލިބެމުންނެވެ. ނަމަވެސް އަނެކާއަށް ދޭންޖެހޭ ބައި ނުދެވޭނަމަ އަބަދުވެސް އުޅެންޖެހޭނީ ތިމާއަށް ލިބެންޖެހޭ ބައި ނުލިބިގެންނެވެ.
ވީމާ ފުރަތަމަ ކަމަކަށްވެސް އަނެކާގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރާށެވެ! އަނެކާ ކަންބޮޑުވާންޖެހޭނެ ކަމެއްވެސް ނުކުރާށެވެ. އެފަދަ ކަންކަން ކުރާނަމަ އެކަން އެމީހަކާއި ދިމާއަށް އެނބުރި އަންނާނެއެވެ. ނުއެނގެނީ އަންނާނެ ގޮތަކާއި އަންނާނެ ސިފައެވެ.
ލޯބިކައި ހުސްކުރާ ކަތުރުފަންޏަކީ އަމިއްލައެދުމެވެ. އެފަނި ނައްތައިލެވޭނެ ހަމައެކަނި ކެމިކަލަކީ އަމިއްލަ އެދުން ފަހަތަށް ޖައްސައި އަނެކާގެ ބޭނުންތައް ކުރިއަށް ނެރުމެވެ. އެގޮތަށް ކަންތައްކުރާނަމަ އެއްވެސް ބާވަތެއްގެ ފަންޏަކަށް އެއްވެސް ފުރުޞަތެއް ނުއޮންނާނެއެވެ.
--ބުއްދިވެރިއަކު ބުނެފައިވާ ބަސްކޮޅަކުން
ލޯބިކައި ހުސްކުރާ ކަތުރުފަނިން ލޯބި ސަލާމަތްކުރެވޭނެ ހަމައެކަނި ކެމިކަލް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ