ޗައިނާގެ ބައިޓްޑާންސް ކުންފުނީގެ މިލްކުވެރިކަމުގައި އޮންނަ މަޝްހޫރު ވީޑިއޯ އެޕް، "ޓިކްޓޮކް" އެމެރިކާގައި މަނާކުރުމަށް ކުރަމުންދިޔަ އަހަރުތަކެއްގެ މަސައްކަތަށް ނިމުމެއް ގެނެސް، އެމެރިކާގެ އިންވެސްޓަރުންނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޓިކްޓޮކްގެ ސީއީއޯ ޝޯ ޒީ ޗިއު މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައިވާ ގޮތުން، މި އާ ޖޮއިންޓް ވެންޗާގެ ބޮޑު ހިއްސާއެއް މިހާރު ވަނީ އެމެރިކާގެ ކުންފުނިތަކާއި ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް ބަދަލުކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން މިލްކުވެރިކަން ބެހިގެންދާ ގޮތަކީ:
މި އެއްބަސްވުމުގެ އެންމެ މުހިންމު އެއް ބަޔަކީ ޓިކްޓޮކްގެ އެންމެ ވަރުގަދަ "ރެކޮމެންޑޭޝަން އެލްގޮރިދަމް" ބޭނުންކުރުމުގެ ލައިސަންސް އޮރަކަލްއަށް ލިބިގެންދިއުމެވެ. އަދި އެމެރިކާގެ 170 މިލިއަން ޔޫޒަރުންގެ ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެމެރިކާގެ ޑޭޓާ ބޭނުންކޮށްގެން މި އެލްގޮރިދަމް އަލުން ތަމްރީނުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޖެނުއަރީ 22، 2026 ގައި ރަސްމީކޮށް ނިމުމަކަށް އަންނާނެ މި ޑީލަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު އައި ބަދަލެކެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށް އެޅުނު "ޑިޕްލޮމެޓިކް" ފިޔަވަޅެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ.
މި ނިންމުމާއެކު ޓިކްޓޮކަށް ބަރޯސާވާ 7 މިލިއަނަށްވުރެ ގިނަ ކުދި ވިޔަފާރިތަކަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.
ބައިޑަންގެ ސަރުކާރުގައި އެމެރިކާގެ ކޮންގްރެސްއިން ގާނޫނެއް ފާސްކުރީ، ޓިކްޓޮކް އެހެން ބަޔަކަށް ނުވިއްކައިފިނަމަ އެ ގައުމުގައި އެޕް މަނާކުރުމަށެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބުނަނީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
ޖެނުއަރީ 20, 2025 އަކީ އެމެރިކާގައި ޓިކްޓޮކް ބޭންކުރަން އޮތް އެންމެ ފަހު ތާރީހެވެ. ނަމަވެސް، ރައީސް ޓްރަމްޕްގެ ސަރުކާރުން އެ މުއްދަތު އެތައް ފަހަރަކު ފަސްކުރި އެވެ. އާ އެެއްބަސްވުމާއެކު މިހާރު ވަނީ ބޭން ކުރުމުގެ ބިރު ފިލައިފަ އެވެ.
އެމެރިކާގެ ކުންފުނިތަކާއެކު ވެވުނު އެއްބަސްވުމާއެކު ޓިކްޓޮކް ބޭން ކުރުމުން ސަލާމަތްވެއްޖެ އެމެރިކާގެ ކުންފުނިތަކާއެކު ވެވުނު އެއްބަސްވުމާއެކު ޓިކްޓޮކް ބޭން ކުރުމުން ސަލާމަތްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ