މިލައުތުރު ފުޓްސަލް: ފޯރިގަދަ ކުޅުމަކަށްފަހު މަރޮށި ބަލިކޮށް ކަނޑިތީމު ފައިނަލަށް

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ "މިލައުތުރު ފުޓްސަލް މުބާރާތް" ގެ ފައިނަލަށް ކަނޑިތީމު ދަތުރުކޮށްފިއެވެ.
ކަނޑިތީމު ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުން މަރޮށީ ޓީމާއި ވާދަކޮށް 3-1 ގެ ތަފާތަކުން ކުރިހޯދައިގެންނެވެ.
މިގޮތުން ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ އެންމެ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ ކަނޑިތީމު ޓީމުގެ ރައުލް ނިޔާޒު އެވެ. އަދި 2-0 ގެ ލީޑެއްގައި އޮވެފައި ދެންވެސް ނަތީޖާ ބަދަލުކޮށްލީ ކަނޑިތީމު ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ޖިނާން ޝަމީމް އެވެ.
މި މެޗުގައި މަރޮށީ ޓީމުން ލަނޑު ކަމިޔާބުކޮށްފައިވަނީ މެޗުގެ 11:42 މިނެޓުގައި އެ ޓީމުގެ ކުޅުންތެރިޔާ ޝައިބާން އުސްމާން އެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މި މެޗުގައި އެންމެ ގިނަ ލަނޑު ޖަހައިދިނަ ކަނޑީތީމު ޓީމުގެ ކުޅުންތެރިޔާ ރައުލް ނިޔާޒު އެވެ.
މިއަހަރު ކަނޑިތީމުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ މިލަންދޫ އާއި ކަނޑިތީމު ބައްދަލުކުރާ މެޗުންނެވެ. 
މި މުބާރާތުގައި މިލަންދޫ ފައިނަލުން ޖާގަ ހޯދީ އިއްޔެ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުން 7-0 ގެ ތަފާތަކުން ކޮމަންޑޫ ބަލިކޮށްގެންނެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ