ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކުގައި ސަސްޓެއިނެބަލް ޓައުންޝިޕް ނުވަތަ އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ދެމެހެއްޓެނިވި ގޮތުގައި ތިމާވެށްޓާ ރައްޓެހި ގޮތަކަށް ރަށެއް ނުވަތަ ގަމުތެރެ ތަރައްގީ ކުރުމަށް ކަނޑައެޅޭނެ ހަމަތައް ބަޔާންކޮށް އެސްއީޒެޑް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
އެސްއީޒެޑް ގާނޫނަށް އިސްލާހެއް ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ސުޖާއު އެވެ.
ސުޖާއު އިސްލާހު ހުށަހަޅުއްވި އިސްލާހުގައި ސަސްޓެއިނެބަލް ޓައުންޝިޕެއް ތަރައްގީ ކުރުމުގެ ޝަރުތުތަކާއި އެފަދަ ޒޯނެއް ނުވަތަ ސަރަހައްދެއް ތަރައްގީ ކުރާ ފަރާތަކަށް ލިބޭނެ އިނާޔަތްތައް ބަޔާން ކޮށްފައިވެ އެވެ.
އެ އިސްލާހުގައި ވާގޮތުން ސަސްޓެއިނެބަލް ޓައުންޝިޕްއެއް ތަރައްގީ ކުރުމަށް ހުއްދަ ދެވޭނީ:
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކުގައި ހިންގޭނެ އިގުތިސާދީ މަސައްކަތްތަކުގެ ތެރެއަށް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ ޖެނުއަރީ 12، 2025 ގައި ނެރުއްވި ގަރާރަކުންނެވެ.
ސަސްޓެއިނެބަލް ޓައުންޝިޕް ޑިވެލޮޕްމެންޓަކީ މީގެ ކުރިން އެސްއީޒެޑުތަކުގައި ހިންގޭ މަޝްރޫއުއެއް ނޫނެވެ. މީގެ ކުރިން، 1 ޖެނުއަރީ 2023، ގައި ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި އެސްއީޒެޑުތަކުގައި ހިންގޭނެ ކަމަށް ކަނޑައަޅާފައި އޮތީ ނުވަ ބާވަތެއްގެ މަޝްރޫއުތަކެވެ. އެސްއީޒެޑެއްގައި އޭގެތެރެއިން ވެސް ހިންގެނީ ޖުމުލަ އިންވެސްޓުމެންޓު 100 މިލިއަން ޑޮލަރަށްވުރެ މަތި މަޝްރޫއުތަކެވެ.
ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި އެސްއީޒެޑްތައް ކަނޑައެޅޭނެ ހަމަތައް ބަޔާންކޮށް އިސްލާހެއް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި އެސްއީޒެޑްތައް ކަނޑައެޅޭނެ ހަމަތައް ބަޔާންކޮށް އިސްލާހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ