ހައިކޯޓުގެ އިސްފަނޑިޔާރަކަށް ފައިސަލް އައްޔަންކުރަން ނިންމައިފި
ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު އަހުމަދު ފައިސަލް ހަމަޖެއްސުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.ޖޭއެސްސީން މިގޮތަށް ނިންމީ އެ ކޮމިޝަނުން ރޭ ބޭއްވި ޖަލްސާގަ އެވެ.ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަގާމު ހުސްވީ، އެ ޒިންމާތައް އުފުއްލަވަމުން ގެންދެވި ހުސެއިން ޝަހީދު ސުޕްރީމް ކޯޓަށް މިދިޔަ މަހު އައްޔަންކުރެއްވުމުންނެވެ. އޭގެ ފަހުން ހައިކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ހުންނެވީ ވެސް ފައިސަލްއާ އެވެ.ފަނޑިޔާރު ފައިސަލް ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވީ 24 ޖުލައި 2018 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ