ދިވެހި ސީރީޒް "ގަނާ" ވީޑިއޯ ކްލަބަށް އަންނަނީ ދިވެހި ސީރީޒް "ގަނާ" ވީޑިއޯ ކްލަބަށް އަންނަނީ

ދިވެހިރާއްޖޭގައިވެސް ވަބާއެއްހެން ފެތުރެމުންދާ ގަނާކުރުން ނުވަތަ ބުލީކުރުމުގެ އަނިޔާތަކުގެ މައްޗައް ބިނާކޮށް ތައްޔާރުކޮށްފައިވާ ދިވެހި ސީރީޒް، "ގަނާ" ގެ ހުރިހާ އެޕިސޯޑެއް ވީޑިއޯ ކްލަބަށް ލުމަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާނެޓުގެ ވީޑިއޯ ކްލަބުން ބުނެފި އެވެ.
މީޑިއާނެޓު އޮރިޖިނަލްސް ބެނާގެ ދަށުން އުފައްދާ "އެއްކާފް" ގެ އުފެއްދުމެއް ކަމަށްވާ އެ ސީރީޒްއަކީ ސައިކޮލޮޖިކަލް ތްރިލާ ޖޮންރާއެއް ކަމަށްވާއިރު، އެ ސީރީޒްއިން އަނިޔާވެރިކަމާއި ގަނާކުރުމުގެ ޝިކާރައަކަށްވާ މީހެއްގެ ވާހަކަ ފެނިގެންދާނެ އެވެ.
ވީޑިއޯކްލަބް އަދި އެއްކާފުގެ މި ކޮމްބިނޭޝަނަކީ މީގެކުރިން ވެސް ވީޑިއޯކްލަބް މެދުވެރިކޮށް ދިވެހިންގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދި ދެ ސީރީޒްކަމުގައިވާ "ގަރީނާ" އަދި "ހިންތާ" ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ކޮމްބިނޭޝަންކަން ފާހަގަކޮށްލެވެ އެވެ.
"ގަނާ" ސީރީޒް ލިޔެ ޑައިރެކްޓުކުރީ މަޝްހޫރު އެކްޓަރު ރަވީ ފާރޫގެވެ.
އެ ސީރީޒްގެ ޓްރެއިލާ އަދި ފެނިގެންދާ ތަރިން ހިމެނޭހެން އިތުރު މައުލޫމާތުތަށް މީސް މީޑިއާ މެދުވެރިކޮށް ބެލުންތެރިންނާއި ހަމައަށް ކުރިއަށް އޮތް ދުވަސްތަކުގައި ދެމުން ގެންދާނެ ކަމަށް ވީޑިއޯ ކްލަބުން ބުންޏެވެ.
ދިވެހި އަމިއްލަ އުފެއްދުންތަކަށް ހާއްސަ އިސްކަމެއްދީގެން ވީޑިއޯކްލަބުން އަންނަނީ ގިނަ ދިވެހި ފިލްމާއި ސީރީޒް ބެލުންތެރިންނާއި ހަމައަށް ގެނެސްދެމުންނެވެ.
މީޑިއާނެޓުގެ އެމްޓީވީ އެޕްލިކޭޝަން މެދުވެރިކޮށް ޓީވީއިން މަހަކު އެންމެ 100ރ. އަދި ފޯނުން މަހަކު އެންމެ 50ރ. އަށް ވީޑިއޯކްލަބްގައި ހިމެނޭ ހުރިހާ ކޮންޓެންޓްއެއް ބަލާލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ