ހާޓްއެޓޭކަކުން ސަލާމަތްވީ ކިރިޔާ، ބޮޑުހީނާ އޮޕަރޭޝަނެއްކޮށްފި ހާޓްއެޓޭކަކުން ސަލާމަތްވީ ކިރިޔާ، ބޮޑުހީނާ އޮޕަރޭޝަނެއްކޮށްފި

މަޝްހޫރު ފުޓްބޯޅަ ކޯޗު އަދި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު، ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ)ގެ ހިތުގެ މައްސަަލައެއް ފާހަގަވެ، އޮޕަރޭޝަނެއް ކޮށްފޮ އެވެ.
ހީނާ އަހުމަދު ސަލީމްގެ އާއިލާ މެމްބަރަކު، "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި، ބޮޑުހީނާ ފާއިތުވި ދުވަސްތަކުގައި ގޭސްވެގެން ކަމަށް ބަލައި، ބޭސްކަމުންދިޔަ ކަމަށެވެ. އެކަމަކު، އެ ކަންކަމަށް ލުޔެއް ނުލިބި، ތަދު ބޮޑުވާތީ ރޭ އަމިއްލަ އަކަށް އޭޑީކޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދިޔައީ ކަމަށެވެ.
"މެއަށް ތަދުވާތީ މިދިޔަ ދުވަސްތަކުގައި އުޅުނީ، ގޭސް ކަމަށް ބުނެފައި ބޭސްކަމުން އައީ، ދެން، އެކަމަކު، ރޭގަ ބޮޑަށް ތަދުވާތީ، އަމިއްލަ އަށް ސައިކަލުގައި ހޮސްޕިޓަލަށް އައިސް ދެއްކީ ވެސް ދެން، ހޮސްޕިޓަލުން ބުނަނީ، 99 ޕަސެންޓް ހާޓްއެޓޭކެއްގެ ޕޮސިބިލިޓީ ހުއްޓައޭ، ހޮސްޕިޓަލަށް އާދެވުނީ،" އާއިލާ މެމްބަރަކު "އަދަދު" އަށް ބުންޏެވެ.
"ދެން، މިހާރު އޮޕަރޭޝަން ތިއޭޓަރުން އެ ނެރުނީ، ހިތުގެ ނާރުގެ ބްލޮކްފިލުވައިފައި، ދެން، މި ކޮޅުގެ އޮބްޒަވޭޝަންގައި ހަތަރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައި އޮތީ،"
ހީނާ އަހުމަދު ސަލީމް އައްޔަނުކުރެއްވީ 22 މެއި 2019 ވަނަ އަހަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެއީ، އޭރު ސްޕޯޓްސް ކޮމިޝަނަރަކަށް ހުންނެވި އަލީ އުމަރު ވަކިކުރުމަށް ފަހު އެވެ.
ހީނާ އަހުމަދު ސަލީމް، ސްޕޯޓްސް ކޮމިޝަނަރަކަށް ހުންނެވިއިރު، ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތަކީ، ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކޮށް، އެ އެސޯސިއޭޝަން އާ އިންތިހާބަކާ ހަަމައަށްގެންދިއުމެވެ. ރައީސް ޔާމީންގެ ސަރުކާރުގައި 2018 ވަނަ އަހަރު، ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި ކުޅިވަރު ހިންގުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި ހީނާ އަހުމަދު ސަލީމަކީ ކުޅިވަރު ކުޅުންތެރިއެއްގެ ގޮތުގައި، ރެފްރީއެއްގެ ގޮތުގައި، ކޯޗެއްގެ ގޮތުގައި އަދި ހިންގުންތެރިއެއްގެ ގޮތުގައި އަގުހުރި އެތައް ހިދުމަތްތަކެއްކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ