ރޯދަ މަހަށް ތައްޔާރު ކުރާނީ ވަކި ކަރަންޓު ބިލެއް ކަމަށާއި ޑިސްކައުންޓް ދޭނީ އެ ބިލަށް ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
މިއަދު ސްޓެލްކޯގައި ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ ސެޝަންގައި އެ ކުންފުނިން ބުނެފައިވަނީ، ސްޓެލްކޯގެ ބިލިން ސައިކަލް މިހާރު ހުރި ގޮތުން، މިދިޔަ ރޯދަމަހުގެ ޔޫސޭޖަށް ޑިސްކައުންޓު ދެވިފައިވަނީ ދެ ބިލަކަށް ޑިސްކައުންޓު ދެވިގެން ކަމަށެވެ. އޭގެ ބަދަލުގައި މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން ބިލެއް ހެދުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.
މި ބިލްގައި ޑިސްކައުންޓު ހިމެނިގެންދާނީ މިދިޔަ އަހަރުގެ އެންމެ ހޫނު 3 މަސްދުވަސް އުނި ކުރުމަށްފަހު ބާކީ 9 މަސް ދުވަހުގެ އެވްރެޖެއް ހަދައި އެ އެވްރެޖަށްވުރެ ބޮޑު ނުވާނެހެން ކަމަށާއި ބިލް ހިސްޓްރީ ނެތްތަންތަނަށް އެންމެ މަދުވެގެންވެސް 10 ޕަސެންޓްގެ ޑިސްކައުންޓެއް ދެވިގެންދާނެ ކަމަށެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ރޯދަމަހުގެ ކުރިން މިހާރު ބިލް ނުކުރެވިހުރި ދުވަސްތަކަށް ބިލް ކުރުމަށްޓަކައި، ސްޓެލްކޯގެ އެންމެ އިސްވެރިން ހިމެނޭހެން 350 އަށްވުރެ ގިނަ މުވައްޒަފުން މާދަމާ ނިކުމެ ރީޑިންގ ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ރީޑިން ނައިގެން ތައްޔާރުކުރާ ބިލްތައް ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދެވިގެންދާނެ ކަމަށާއި މި ހަރަކާތައް ކަސްޓަމަރުންގެ ފުރިހަމަ އެއްބާރުލުމަށް ސްޓެލްކޯއިން އެދޭ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ރޯދަ މަހަށް ހަދާނީ ކަރަންޓު ވަކި ބިލެއް: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ