ހައްޔަރު ކުރުމަށްޓަކައި ކޯޓް އަމުރެއް ނެރުނު ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ތައިލެންޑްގައި ހުންނަވައި މިއަދު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ހައްޔަރު ކުރުމަށް ކޯޓް އަމުރެއް ފުލުހުންނަށް އިޝޫކޮށްދީފައިވާ ކަމަށް ބުނެ ރޭ ރާއްޖޭގެ މީޑިއާގައި ހަބަރު ފަތުރާފައިވާއިރު އެފަދަ އަމުރެއް އެ މަނިކުފާނާ ހަމައަށް އަދި އާއިލާއާ ހަމައަށް ވެސް އައިސްފައި ނުވާ ކަމަށެވެ.
"އަޅުގަނޑަކަށް އެކަހަލަ އިޝާރާތެއް ވެފައެއް ނެތް ފުލުހުންގެ ފަރާތުން ވެސް. އަދި އާއިލާއަކަށް ވެސް ނުލިބޭ. އެހެންވީމާ މީޑީއާއަށް އިން މިފަދަ ހަބަރުތައް ފަތުރާއިރު ޒިންމާދާރުވެސް ވާންޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.
އިންޓަޕޯޓް ރެޑްނޯޓިސް ނެރެގެން ގާސިމް ހައްޔަރު ކުރާ ކަމަށް ދެކެވޭ ވަހަކަތަކަށް ރައްދު ދެއްވާ ގާސިމް މިއަދު ވިދާޅުވީ އެމަނިކުފާނަކީ ވެސް ހޯމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެއް ކަމަށައި ރެޑް ނޯޓިސް ގެ ޕްރޮސީޖާ ހިނގާ ގޮރް އެނގިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުގަނޑަކީ ގަބުޅި ކަތީބެއް ނޫން. އަޅުގަނޑުވެސް ހޯމް މިނިސްޓަރުކަން ވެސް ކުރިން. އެކަން ހިނގާ ގޮތް އަޅުގަނޑަށް އެނގޭ،" ގާސިމް ވިދާޅުވި އެވެ. "މީހުން ޕެނިކު ކުރުމަށް ހަބަރުތައް މީޑިއާއިން ގޮތްގޮތަށް ނޭނބުރުމަށް އަޅުގަނޑު އެދެން،"
ގާސިމް ހުންނެވީ ތައިލެންޑްގައި އެވެ. އަމަނިކުފާނު ވިދާޅުވީ ތައިލެންޑްގައި ހުންނެވީ އެމަނިކުފާނު ބޯޓެއް ތައިލެންޑްގެ ޑޮކްޔާޑެއްގައި އޮތުމުން މަސައްކަތް ހިނގަ ގޮތް ބައްލަވައިލެއްވުމަށް ކަމަށާއި ލަސް ނުވެ ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
ހައްޔަރު ކުރަން އަމުރު ނެރުނު ކަމެއް ނޭނގޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ