މާލެއާއި ހުޅުމާލެއާ ދެމެދު އަދި މާލެ އެތެރޭގައި ފޯރުކޮށްދެމުން އަންނަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތް ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި ހިދުމަތް ދޭ ގަޑި އިތުރުކުރަން ނިންމައިފިއެވެ.
އެމްޓީސީސީން ބުނީ، މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ 1R، 2R، 6R، 7R އަދި 8R ގެ ދަތުރުތައް ދަންވަރު 1:30 ގެ ނިޔަލަށް އިތުރުކުރުމަށް ހަމަޖައްސާފައިވާ އިރު މާލެ އެތެރޭގައި ދަތުރުކުރާ 10R، އަދި 11R އިގެ ދަތުރުތަކުގެ ހިދުމަތް 2:00 އާއި ހަމަޔަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
މި ބަދަލުތަކަކީ ރަމަޟާން މަސް ފެށުނީއްސުރެ ދަތުރުވެރީން އެންމެ ގިނައިން ބަހުގެ ހިދުމަތް ބޭނުން ކުރާ ގަޑިތަކާއި، މިންވަރަށް ބަލައި އާންމުންގެ ހިޔާލުތަކަށް ރިއާޔަތްކޮށް ގެނެސްފައިވާ ބަދަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މި ބަދަލުތަކާ ގުޅިގެން މި ކުންފުނީގެ އުންމީދަކީ މާތްވެގެންވާ ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތަކުގައި ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއި ފަސޭހަ ކަމެއް ލިބިގެން ދިއުން ކަމަށް އެމްޓީސީސީން ބުނެއެވެ.
ރަމަޟާން މަސް ފެށުނު އިރު ބަސް ދަތުރުތަކަށް ގެނައި ބަދަލުތަކަށް ބަލާއިރު، ރޯދަ މަހު މާލެ އެތެރޭގައި އަދި މާލެއިން ހުޅުމާލެއަށް ބަސް ދަތުރުތައް ފަށަނީ ހެނދުނު 7:00 ގައެވެ. އަދި ރޭގަނޑު ދަތުރުތައް ނިންމާލަނީ 12:00 އަށެވެ.
ރޯދައިގެ ފަހު 10 ގައި މާލޭގައި ބަހުގެ ހިދުމަތް ދޭ ގަޑި އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ