ރާއްޖޭގެ ވާހަކަތަކާއެކު، ޓްރެވެލޫޝަންގެ ހަތަރު ވަނަ އެޑިޝަން ދުބާއީގައި ނެރެފި
ޓޫރިޒަމް މެގަޒިން "ޓްރެވެލޫޝަން"ގެ ހަތަރު ވަނަ އެޑިޝަން ދުބާއީގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް 2025 (އޭޓީއެމް 2025) ފެއާގައި ނެރެފިއެވެ. އެ މެގަޒިންގައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި އެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތަޖުރިބާތައް ކިޔައިދީފައެވެ. އެގޮތުން، އެ މެގަޒިންގައި ރާއްޖެއާ ގުޅުން ހުރި ގިނަ ކަންތައްތަކެއް ވަނީ ކިޔައިދީފައެވެ. އޭގެތެރޭގައި ހިމެނެނީ: ރާއްޖޭގެ ރަށްތަކުގެ ގުދުރަތީ ރީތިކަމުގެ ވާހަކަތައް ރާއްޖޭގައި މެހެމާންދާރީ އެންމެ ފުރިހަމައަށް ދޭ ތަންތަނާއި ތަޖުރިބާތަކުގެ ވާހަކަ ލަގްޒަރީ ގެސްޓު ކޮޓަރިތަކާއި ޑިޒައިނާ ޓޮއިލެޓްރީ ސެޓުތައް ހުންނަ ރިސޯޓުތައް ރާއްޖޭގެ އެންމެ ކާމިޔާބު މަސްވެރިންގެ ތެރެއިން އެކަކު ކަމުގައިވާ މުޙައްމަދު އަލްމާސްގެ ވާހަކަ މިފަހަރުގެ މެގަޒިންގެ ޓައިޓަލް ޕާޓްނަރަކީ އޯގާ އާޓް ރިސޯޓެވެ. އެ ރިސޯޓުގެ ބެރޭންޑް ޑިރެކްޓާ ނަވައިލާ ނަޝީދު ވިދާޅުވީ، މިފަހަރުގެ މެގަޒިންގެ ޓައިޓަލް ޕާޓްނަރަކަށް ވުމަކީ އެ ރިސޯޓަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. "އަޅުގަނޑުމެންގެ ރިސޯޓު އުފެއްދީ ރާއްޖޭގެ ވާހަކަތަކާއި ފަންނުތައް އަދި ސަގާފަތް ފާހަގަކުރުމަށް. އެހެންވީމާ ޓްރެވަލޫޝަން ފަދަ ރާއްޖޭގެ ހަގީގީ ރޫހު ގެނެސްދޭ ޕްލެޓްފޯމެއްގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް،" އޭނާ ވިދާޅުވިއެވެ. ނަވައިލާ ވިދާޅުވީ މިފަހަރުގެ އެ ރިސޯޓުން މެގަޒިންގައި ބައިވެރިވީ، އެ ރިސޯޓަކީ ދިވެހި ސަގާފަތާއި ވާހަކަތަކަށް ޚާއްސަ ރަށަކަށް ވާތީ އެކަން ދުނިޔެއަށް ދައްކައިދިނުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ