ބަންޑާރަ ގޯތި ދޫކުރުން ހުއްޓުވުމަށް ގާނޫނަށް ބަދަލު ގެނެސްދޭން މުއްތަލިބު އެދިވަޑައިގެންފި ބަންޑާރަ ގޯތި ދޫކުރުން ހުއްޓުވުމަށް ގާނޫނަށް ބަދަލު ގެނެސްދޭން މުއްތަލިބު އެދިވަޑައިގެންފި

ދާއިމީ ގޮތެއްގައި ބަންޑާރަ ގޯތި ދީގެން ކުރިއަށް ދިޔުމަކީ ދަތިކަމަށް ވެދާނެ ކަމަށާއި އެކަމަށް މަޖިލީހުގެ ތެރެއިން ހައްލެއް ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް މިއަދު ވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މުއްތަލިބު ވިދާޅުވީ ބަންޑާރަ ގޯތި ދޫކުރުމަކީ ރާއްޖޭގެ އާދަކާދަ އާއި ތާރީހާ ގުޅިފައިވާ ރާއްޖެއަށް ހާއްސަ ސިފައެއް ކަމަށެވެ. ނަމަވެސް ބަންޑާރަ ގޯތި ދޫކުރުމަކީ އޭނާއަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"އެހެންވީމާ މިފަދަ ކަލްޗަރަލީ ވެސް ހިސްޓޮރިކަލީ ވެސް ރާއްޖެއަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައި އޮތް ކަމެއް ބަދަލު ކުރުމަކީ އެ ސިޔާސަތު ބަދަލު ކުރުމަކީ އަޅުގަނޑަށް އެކަނި ލިބިގެންވާ ބާރެއް ނޫން. އެހެންވީމާ ބަންޑާރަ ގޯތި ތިބޭފުޅުންގެ ގާނޫނެއްގެ ތެރެއަށް ގެނެސްގެން މަޖިލީހުން އެއަށް ހައްލެއް ހޯދައިދިނުމަކީ އަޅުގަނޑުމެން އެދޭ ކަމެއް،" މުއްތަލިބު ވިދާޅުވި އެވެ.
"އެހެންނަމަވެސް ކުރިއަށް ދާއިރުގައި އަޅުގަނޑުމެންނަށް ދާއިމީ ގޮތެއްގައި ބަންޑާރަ ގޯތި ދީގެން ކުރިއަށް ދިޔުމަކީ ދަތިކަމަކަށް ވެދާނެ، އެހެންވީމާ އެކަމަށް ހައްލެއް ހޯދުމަށް މަޖިލިސް ތެރެއިން ގާނޫނެއްގެ ތެރެއިން އެ ހައްލު ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،"
މުއްތަލިބު އެހެން ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން މިދިޔަ ސަރުކާރުން ދޫކުރި ގޯތިތަކާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ދޫކުރުމަކީ ދައުލަތަށް ގެއްލުންވާ ގޮތަށް ކޮށްފައި އޮތް ކަމެއް ކަމަށް ވިދާޅުވެ މިއަދުގެ މަޖިލީހުގައި ވާހަކަދައްކަވައިފަ އެވެ. އަދި އެ ވާހަކަތަކަށް ތާއީދު ކުރައްވައި މުއްތަލިބު ވެސް މަޖިލީހުގައި ޖަވާބު ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ