ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ރޭ ބާސެލޯ ނަސަންދުރާގައި ބާއްވަން ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު ފައިދާއިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 60ރ.ގެ މަގުން، ޖުމްލަ 322.9 މިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ. މިއީ އެ ބޭންކުގެ ތާރީހުގައި ވެސް ޑިވިޑެންޑުގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދެވެ.
 މީގެ އިތުރުން، މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށް ވެސް ބޯޑުން ވަނީ ހުށަހަޅާފަ އެވެ. އެގޮތުން:
ބޯނަސް ހިއްސާ ދޫކުރުމަށް ފަހު، 50ރ.ގެ މޫނު މަތީ ހިއްސާގެ ބުކް ވެލިއުއަކަށް ވާނީ 1015.90ރ.
މި އަހަރު ކޮންމެ ހިއްސާއަކަށް ދޭނީ ޖުމްލަ 2091.80ރ.ގެ ނަފާއެއް
މިގޮތަށް ހުށަހަޅާފައިވާ ހިއްސާގެ ފައިދާ ލިބޭނީ ބުކް ކްލޯޝާ ޑޭޓް ނުވަތަ ހިއްސާދާރުންގެ ދަފުތަރު ބަންދުކުރާ ތާރީހާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް
ފައިނަލް ޑިވިޑެންޑް ދޭނީ 18 މާޗު 2026ގެ ނިޔަލަށް ބީއެމްއެލްގެ ހިއްސާދާރުންގެ ގޮތުގައި ތިބި މީހުންނަށެވެ.
ތަފްސީލު - އަހަރީ އާންމު ޖަލްސާ ކުރިއަށްދާނީ ޕްރީ ރެޖިސްޓާކުރާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުންގެ ހާޒިރުގައި އަދި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ އޮންލައިން މީޓިން މެނޭޖްމަންޓް ސިސްޓަމް 'ފަހިވޯޓު' މެދުވެރިކޮށް އޮންލައިންކޮށެވެ.  އެ ޖަލްސާގައި ވޯޓުލުން ކުރިއަށްދާނީ ވެސް ފަހިވޯޓު މެދުވެރިކޮށެވެ.
ބޯނަސް ހިއްސާ ދޫކުރުމަށާއި ހިއްސާ ބައި ކުރުމަށާއި ބޭންކުގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ޑިރެކްޓަރުންގެ ބޯޑުން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމާފައިވާއިރު މި ހުށަހެޅުންތައް ފާސްކުރެވެނީ ހިއްސާދާރުންގެ ހާއްސަ ގަރާރަކުން ކަމުގައިވާތީވެ، ވީހާވެސް ގިނަ ހިއްސާދާރުން މިއަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ބީއެމްއެލް އިން އެދެ އެވެ.
ޖަލްސާއަށް ރަޖިސްޓްރީ ކުރުން
މިއީ ހިއްސާދާރުންނާއި ބޭންކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ލިބޭ ފުރުސަތެއްކަން ފާހަގަކޮށް، ވީހާ ވެސް ގިނަ ހިއްސާދާރުން ޖަލްސާގައި ބައިވެރިވުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރަޖިސްޓްރީ ކުރާނެ ގޮތްތަކަކީ:
ޕްރީ ރެޖިސްޓާ ކުރުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ ރޭ 9 ޖެހުމާ ހަމައަށް އޮންނާނެ
އެމްއެސްޑީގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓާ ކުރެވޭނެ
ގުޅުން ހުރި - މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ބީއެމްއެލް އަށް ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު %9.8ގެ ކުރިއެރުމެކެވެ.
ބޭންކުގެ ޖުމްލަ އެސެޓްވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައި
އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސިންގެ ގޮތުގައި ވޭތުވެދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފައި
މިއީ ބޭންކުގެ ތާރީހްގައި ވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރު
 ވޭތުވެ ދިޔަ މާލީ އަހަރު 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅިފައިވޭ
ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށްވުރެ %16 ވަނީ އިތުރުވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ