އެމްޑީޕީގެ އެއްވުމެއްގައި ހުންނަވަނިކޮށް މޭޔަރު އާދަމް އާޒިމްއަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، މިއަދު ބަންދު ޖަހައިފި އެވެ. ދިފާއުގައި އޭނާ ބުނީ، ވާހަކައެއް ދައްކާލަން ކައިރިއަށް ދިޔައީ ކަމަށެވެ.
ވީ ކިހިނެއް؟ - އެމްޑީޕީން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާ ތެރެއިން އާޒިމްއަށް ހަމަދީފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގަ އެވެ. އޭގެ ތިން ދެ ދުވަހެއް ފަހުން ފުލުހުން މި ވަނީ އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފަ އެވެ.
ތަފްސީލު - ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އަބްދުﷲ މުއާޒު 35، ގ. އައިރީ އެވެ. އޭނާއަށް ކުރާ ތުހުމަތަކީ ޖެހުމުގެ ތުހުމަތެވެ.
"ތުހުމަތު ކުރެވޭ މީހާ ބުނެފައި ވަނީ، މޭޔަރު ކައިރިއަށް ދިޔައީ ވާހަކައެއް ދެއްކުމަށް ކަމަށާއި އޭނާއާމެދު މާރާމަރީ ހިންގީ މުޒާހަރާގެ ބައިވެރިން ކަމަށެވެ." ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ފުލުހުން ކޯޓުގައި ބުނި ގޮތުގައި މޭޔަރު އާޒިމްގެ ގައިގައި އަތްލައި، މާރާމާރީ ހިންގުމަށް އޭނާ މަސައްކަތްކޮށްފައިވާ ކަމަށެވެ.
މުއާޒްއަކީ މީގެ ކުރިން ހައްޔަރުކޮށް ބަންދު ރިކޯޑް އިތް މީހެކެވެ.
ކޯޓުން މިއަދު ނިންމީ، މައްސަލައިގެ ތަހުގީގަށް އޭނާގެ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ.
އާޒިމަށް ހަމަލާ ދިން މީހާ ހައްޔަރަށް؛ ބުނީ، އުޅުނީ ވާހަކަ ދައްކަން ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ