ސަޢުދީއަށް ހަނދެއް ނުފެނޭ، ޢީދު ވަނީ ހުކުރު
މި އަހަރުގެ ޝައްވާލް މަހުގެ ހަނދު މިރޭ ސަޢުދީ އަރަބިއްޔާއަށް ނުފެންނާތީ މާދަމާއަކީ މި އަހަރުގެ ރޯދަމަހުގެ 30 ވަނަ ދުވަސް ކަމަށް އެ ގައުމުން އިއުލާނުކޮށްފިއެވެ. ރޯދަމަސް ނިމުމުން ޝައްވާލް މަހަށް ހަނދު ބަލާނެއެވެ. އެ ދުވަހު ހަނދު ނުފެނިއްޖެ ނަމަ، ދެން އަންނަ ދުވަސް ވާނީ ރޯދަމަހުގެ 30 ވަނަ ދުވަހަށެވެ. އަދި، ޢީދު އަންނާނީ އެއަށް ފަހެވެ. އެހެންވެ، އެ ގައުމަށް މިރޭ ހަނދު ނުފެންނާތީ ސަޢުދީން ވަނީ މާދަމާއަކީ ރޯދަމަހުގެ 30 ވަނަ ދުވަސްކަން އިއުލާނުކޮށްފައެވެ. މިއަދުގެ ހަނދު އޮއްސުނީ އިރުއޮއްސުމުގެ މާ ކުރިންނެވެ. އެހެންވެ، ހަނދު ފެނުމުގެ ފުރުސަތު ނެތް ކަމަށް ފަލަކީ އިލްމުވެރިން ވަނީ ބުނެފައެވެ. އެހެންވެ، ސަޢުދީއަށް ރޯދަމަސް ވާނީ ހުކުރު ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ