މާލެ ސްކޭޕިން މަޝްރޫއުގެ ދަށުން ސުނާމީ ބިނާ މައިޒާން ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން މިއަދު އަންގައިފި އެވެ.
ވީ ކިހިނެއް؟ - މާލޭގެ މައިޒާންތަކާއި ޕާކުތައް މަރާމާތު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނީ ސުނާމީ ބިނާ މައިޒާން ތަރައްގީ ކުރުމުގެ މަސައްކަތަށް، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިއަދު ހަވީރު 6ގެ ކުރިން ނަގައި އެ ސަރަހައްދު ހުސްކުރުމަށް އެދޭ ކަމަށެވެ.
ސުނާމީ ބިނާ މައިޒާން ހިމެނޭ ސަރަހައްދުން ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް އުޅަނދުތައް ހުސްކުރަންވީ ސަރަހައްދު ފެންނަ ޗާޓެއް ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. ނަމަވެސް މަޝްރޫއުގެ ތަފްސީލެއް ނޭނގެ އެވެ.
ފާހަގަ ކުރެވޭ - ސުނާމީ ކާރިސާގެ ހަނދާނުގައި ބިނާކުރި ސުނާމީ ބިނާ ފުރަތަމަ ހުރީ މިހާރު ސިނަމާލެ ބްރިޖަށް އަރާ ސަރަހައްދުގަ އެވެ. އެ ބިނާ މާލޭ ހުޅަނގުފަރާތު ތިން ރުއް ޕާކު ސަރަހައްދަށް ބަދަލުކުރީ 2016 ވަނަ އަހަރު އެވެ.
ސުނާމީ ބިނާ ސަރަހައްދު ތަރައްގީ ކުރާތީ ޕާކު ނުކުރަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ