ވޭމަންޑޫން 27 ހެކްޓަރުގެ ބިން، ގާތްގަނޑަކަށް އެއް މަހުން ހިއްކައިފި
ގާތްގަނޑަކަށް އެއް މަހުގެ ތެރޭ ތ. ވޭމަންޑުއަށް 27 ހެކްޓަރުގެ ބިން އިތުރުކޮށް، ނިންމައިފިއެވެ. ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތްކުރި ސަރުކާރު އެއާޕޯޓު ކުންފުނި އެމްއޭސީއެލުން ބުނީ، އެ މަސައްކަތް ކުރިއަށް ގެންދިޔައީ "ފިލިޕޯ ބްރޫނެލެޝީ" ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށް ކަމަށެވެ. ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ މާރިޗު މަހުގެ 12ވަނަ ދުވަހު ފަށައި، ނިންމާލީ މިމަހުގެ ހަތަރުވަނަ ދުވަހު ކަމަށް، އެމްއޭސީއެލުން ބުންޏެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު 'އެކްސް'ގައި ހިއްސާކުރެއްވި ޕޯސްޓުގައިވާ ގޮތުން، ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލީ 23 ދުވަހުންނެވެ. https://x.com/MMuizzu/status/2041366129176973678 ދެހާސްތިންވަނަ އަހަރު ސްޕެއިންގައި ފަރުމާކުރި "ފިލިޕޯ ބްރޫނެލެޝީ" އަކީ، ބެލްޖިއަމްގެ ޖަން ޑެ ނޫލް ގްރޫޕުގެ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. މި ޑްރެޖަރު ބޭނުންކޮށް 2023ވަނަ އަހަރު އެމްޓީސީސީން ވަނީ އދ. ބޮޑުފޮޅަދޫން އަށް ހެކްޓަރުގެ ބިން ހިއްކައިފައެވެ. ފާހަގަކުރެވޭ ގޮތުގައި، ކޯޒްވޭއަކުން ވޭމަންޑުއާއި ކިނބިދޫ ގުޅައިލުމަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ފަސް އަހަރުގެ ދައުރު ނިމުނުއިރު ވެސް މަޝްރޫއުގެ މަސައްކަތް ފެށިފައިނުވާއިރު، އެއްވެސް ކުރިއެރުމެއް ވެސް ލިބިފައެއް ނުވެއެވެ. https://sun.mv/188446 ދެހާސް ސައުވީސްވަނަ އަހަރާއި މިދިޔަ އަހަރު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ ކިނބިދޫ - ވޭމަންޑޫ ކޯޒްވޭ ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ތަކުރާރުކޮށް ވައުދުވެވަޑައިގެންފައެވެ. އެކަމަކު އެ މަސައްކަތް އަދި ފެށިފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ