މާދަމާއިން ފެށިގެން މަސްވެެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ

މަސްވެރިކަން ކުރާ ދޯނިތަކަށް މާދަމާ އިން ފެށިގެން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީން މިއަދު ވަނީ 'ފަހި ހަކަތަ'ގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެ ތަންތަން ވެސް އާންމުކޮށްފަ އެވެ.
ތަފްސީލް - އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ފިޝަރީޒް މިނިސްޓްރީން ހަމަޖައްސާފައިވަނީ، ތެޔޮ އަގު ބޮޑުވުމުގެ ސަބަބުން މަހަށް ފުރުން ދަތިވެފައިވާކަމަށް މަސްވެރިން ބުނަމުން އަންނަނިކޮށެވެ.
މި އަގުގައި ޔެތޮ ލިބޭނީ ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި:
ހއ. އިހަވަންދޫ
ހދ. ހަނިމާދޫ
ށ. މިލަންދޫ
ބ. އޭދަފުށި
ފ. ނިލަންދޫ
ކ. ހިންމަފުށި
ރ. ދުވާފަރު
ދ. ކުޑަހުވަދޫ
ޅ. ފެލިވަރު
ގއ. ކޫއްޑޫ
ފުވައްމުލައް
ހުޅުމީދޫ
ހުޅުމާލެ ޖެޓީ
ފާހަގަ ކުރެވޭ - ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވިޔަސް، އެކަމުގެ ބުރަ މަސްވެރިންނަށް ނުޖައްސައި ސަރުކާރުން އަންނަނީ އެކަން މެނޭޖުކުރަމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ