މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދިޔަ ބިދޭސީއަކު ހޮނިހިރު ދުވަހުގެ ރޭ މަރުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - މިދިޔަ ހުކުރު ދުވަހު އިރުއޮއްސޭހާއިރު މި ހާދިސާ ހިނގާފައި ވަނީ މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގަ އެވެ. އެގޮތުން:
ވެއްޓިފައިވަނީ ބަންގްލަދޭޝްގެ 30 އަހަރުގެ ފިރިހެނެއް
އޭނާ ވެއްޓުނީ 10ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށް
ތަފްސީލް - އެ ހާދިސާއާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލުކުރުމުން ފުލުހުން ފޮނުވި މެސެޖެއްގައި ވަނީ އެ ބިދޭސީ މީހާ ހޮނިހިރު ދުވަހުގެ ރޭ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
އާއިލާއިން އެދިގެން އޭނާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފޮނުވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާލޭ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ