ހަލާލު ޓޫރިޒަމަށް ށ.ފުށިފަރު ބީލަމަށް ހުޅުވާލައިފި

ހަލާލު ޓޫރިޒަމް މޮޑެލްގެ ދަށުން ރިސޯޓު ތަރައްޤީކޮށް ހިންގުމަށްޓަކައި ދޫކުރާ ރަށްރަށުގެ ލިސްޓަށް ށ.ފުށިފަރު އިތުރުކޮށް، އެ ރަށް ބީލަމަށް ޓުއަރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ މިނިސްޓްރީން ނެރުނު ބީލަން ފޮތުގެ ފުރަތަމަ އިސްލާހުގައެވެ.
މިނިސްޓްރީން ބުނީ ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ށ. ފުށިފަރު ލިސްޓަށް އިތުރުކުރުމާ ގުޅިގެން، ބީލަން ފޮތް ގަތުމުގެ ސުންގަޑިއަށާއި ބީލަން ހުށަހަޅަންޖެހޭ ތާރީޚަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެ އިތުރުން، އާންމު އުސޫލުން 13 ސަރަހައްދެއްގައި ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލާފައިވާ ބީލަމުގެ މުއްދަތުވެސް ވަނީ އަންނަ މެއި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ