އައްޑޫ ސިޓީ މީދޫގައި ބޭއްވި ޖަލްސާގައި ރައީސް ކުރިފުޅުމަތީގައި ހުރި މޭޒުގައި ހުރި މާ ބޮނޑީގައި އޮތް [ރީނދޫ] މަލެއް އެއްލާލުމުން ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު މަހުލޫފް ރައީސް ޔާމީނަށް މަލާމާތް ކުރައްވައިފިއެެވެ.
މިއަދު ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަން ސްޓޭޖަށް ވަޑައިގެންނެވުމަށް ދައުވަތު އެރުވުމުން، ތެދުވެވަޑައިގެންނެވި ވަގުތު މޭޒުމަތީގައި ހުރި މާބޮނޑިން ފެނިވަޑައިގެންނެވި އެ މާ، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) އަށް ދެއްކަވަމުން އެ މާ ނަންގަވާ މޭޒުމަތީގައި ބާއްވަވައެވެ.
އެއާއެކު ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެ މާ ނަންގަވާ އެއްލާލާތަން ފެނިގެންދެއެވެ.
މި ވީޑިއޯ ޓްވިޓާގައި ދައުރުވަމުން ދަނިކޮށް އެކަމާއި ގުޅިގެން މަހުލޫފު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ "ކަހީނު ގަބޫލު ނުވާހަކަހަލަ މަލެއް ފެނިގެން އެވެސް އެއްލައިލައިފި. އައްބަދުއްރަހީމް ތި އަތްލެވުނީ އަނެއްކާ ކޮންކަހަލަ މަލެއްގައި؟" ކަމަށް އޭނާ އައްސަވާފައިވެއެވެ.
މި ވީޑިއޯއާއެކު ޓްވީޓް ކުރި އެހެން މީހަކު ބުނެފައިވަނީ "މޭޒުމަތީ ހުރި މާބޮނޑި ތެރޭ އިން ރީނދޫ މަލެއް ފެނިގެން ޔާމީން ކޯފާ އިސްކުރައްވައިގެން ޝާޑް އަށް ގޮވާ ބުނުމުން އަދުރޭ އެ ރީނދޫ މާ ނަގާ އެއްލާލައިފި. [ކަހީނު] ބުނި ރީނދޫ ކުލަ ހުރެގެން ނުވާނޭ." ކަމަށެވެ. ހަމަ މިއާއެކު ސޯޝަލް މީޑިއާގައި އެތައްބަޔަކު އެ ވީޑިއޯ ޝެއާ ކުރަމުން ދަނީ ފާޑު ކިޔަމުންނެވެ.
މޭޒުމަތީގައި އޮތީ "ކަހީނު" ގަބޫލު ނުވާ މަލެއްތޯ ވިދާޅުވެ މަހުލޫފުގެ މަލާމާތް ރައީސަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ