އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހިމް ފަލާހުގެ ކާރުން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ކާރެއްގެ ތެރޭގައި ބަޔަކު މަސްތުވާ ތަކެތި ބޭނުން ކުރަން ތިބިކަމަށް މިރޭ 8:00 ހާއިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން އެކާރު ހުއްޓުވައި ބެލި އިރު ކާރުގެ ފަހަތު ޝީޓުން މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕަކެޓެއް ފެނިފައި ވާކަމަށެވެ. އަދި އެ މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބޭ ގޮތުގައި މި ކާރަކީ އިނގުރައިދޫ ދާއިރާގެ ޕީޕީއެމްއަށް ނިސްބަތްވާ މަޖިލިސް މެމްބަރު ފަލާހުގެ ކާރެކެވެ.
މި މައްސަލައިގައި ސީއެންއެމްއިން ފަލާހަށް ގުޅުމުން ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.
މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ