އަބްދުﷲ ޝާހިދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އ.ދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޮވިޑަށް ޕޮޒިޓިވެއްޖެއެވެ. ޝާހިދު ވިދާޅުވީ އެމަނިކުފާނު ކޮވިޑް-19އަށް ޕޮޒިޓިްވިކަން އެނގިވަޑައިގަތީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި ވިދާޅުވީ ބަލީގެ އަސަރު ހަށިގަނޑުގައި ކޮންމެ ވެސް ވަރަކަށް ހުރުމުން މިވަގުތު ހުންނެވީ ގޭގައި އެކަހެރިވެވަޑައިގެން ކަމަށެވެ. I have tested positive for COVID19 today. I am isolating at home with mild symptoms. I was privileged to have been fully vaccinated including a booster. My prayers are with the millions suffering from Covid and the billions without access to vaccine! I Stand for #VaccineEquity — Abdulla Shahid (@abdulla_shahid) December 22, 2021 ޝާހިދު ވިދާޅުވީ އެމަނިކުފާނު މިހާރު ހުންނެވީ ކޮވިޑު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވާފައި ކަމަށާއި އޭގެ އިތުރުން ބޫސްޓަރ ޑޯޒްވެސް ވަނީ މިދިޔަ ހަފްތާގައި ޖައްސަވާފައި ކަމަށެވެ. އދ. ގެ މަސައްކަތްތައް ކުރެއްވުމަށް ޓަކައި ޝާހިދު މިހާރު ދިރިއުޅުއްވަނީ އެމެރިކާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ