ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއަށްފަހު ފުލުހުން ހިންގި އެންޓި-ޓެރަރިޒަމް އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ތިން މީހަކު ކޯޓުން ދޫކޮށްލާފައިވަނިކޮށް އޭގެ ތެރެއިން ދެމީހަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލި ތިން މީހުންގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން ބަންދުން ދޫކޮށްލިކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނިގޮތުގައި ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅުންހުރި މީހަކު ބަންދުން ދޫކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނެފައިވަނީ، އިއްޔެ ބަންދުން ދޫކޮށްލި ދެމީހުންގެ ތެރެއިން ދެ މީހުން ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާކަމަށެވެ. އަދި އެމީހުން މިފަހަރު ހައްޔަރުކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މޭ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މީހުން ބަންދުން ދޫކޮށްލުމަށް ފެންނަކަމަށް އަމުރުކުރައްވާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޟީ ޙަސަން ސަޢީދެވެ. މި މީހުން ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.
ކޯޓުން އިއްޔެ ދޫކޮށްލި ދެމީހަކު އަނެއްކާވެސް ހައްޔަރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ