މެމްބަރު ޝަރީފް ފިއްލަދޫއަށް ވަޑައިގަތުމުން އިސްތިއުފާއަށް ގޮވައި ރަށުން ބާލައިފި

ކެލާ ދާއިރާގެ މަޖިލީސް މެމްބަރު އިބްރާހިމް ޝަރީފް ފިއްލަދޫއަށް ވަޑައިގަތުމުން އޭނާގެ އިސްތިއުފާއަށް ގޮވައި ރަށުން ބާލުވައިފި އެވެ.
އެރަށު ޒުވާނުން ނުކުމެ އެމްޕީގެ އިސްތިއުފާއަށް ގޮވާ އަޑުއުފުލާ ނުރުހުން ފާޅުކޮށްފައިވަނީ ފިއްލަދޫގެ އިހްތިސާސްގެ ތެރެއިން ދައްޕަރު ވަކިކުރުމުގައި މެމްބަރު ޝަރީފްގެ އަތެއް ވާކަމަށް ބުނެ އެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނީ އެރަށު ޒުވާނުން ނުކުމެ މެމްބަރު ޝަރީފްގެ އިސްތިއުފާއަށް ގޮވާ އޭނާއާ ދިމާލަށް ހާއިނަށް އަދި ގައްދާރަށް ގޮވާ މިހާރުވަނީ ރަށުން ބާލާފަ އެވެ.
މެމްބަރު ޝަރީފުގެ އިސްތިއުފާއަށް ގޮވާއިރު ބޭރުގައި މަޑުކޮށްލައްވައިގެން--
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި އެރަށުގެ ގިނަ ބަޔަކު ވަނީ އެއްވެ ދައްޕަރު މައްސަލާގައި މެމްބަރު ޝަރީފާ ދެކޮޅަށް އަޑުއުފުލާ އޭނާގެ އިސްތިއުފާއަށް ގޮވާފަ އެވެ. މެމްބަރާ ދިމާލަށް ހާއިނަށް އަދި ގައްދާރަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާފަ އެވެ.
އަދި މުޒާހަރާގެ ތެރެއިން އޭނާއަކީ "ހާއިނެއް" އަދި "ގައްދާރެއް" ކަމަށާއި ރައްޔިތުންނަށް އޮޅުވާލާ މަކަރުހަދާ ދޮގުވެސް ހަދާ މީހެއްކަމަށް ގޮވާފައިވެ އެވެ. އިސްތިއުފާ ނުދީފިނަމަ އޮންނަ އުސޫލުގެ މަތިން ކޯޓަށް ވެސް ދާނެކަމަށާއި ގޮސްގެންވެސް އެމްޕީ ދުރުކުރާނެ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާފަ އެވެ. އޭނާއަކީ ރައްޔިތުންނަށް ހަރާންކޯރުވާފައި ހުރި މީހެއްކަމަށް ގޮވާ މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލާފަ އެވެ.
މެމްބަރު ޝަރީފުގެ އިސްތިއުފާއަށް ގޮވާއިރު ބޭރުގައި މަޑުކޮށްލައްވައިގެން--
ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން އިދާރީ ދާއިރާގެ އިހްތިސާސްއިން ފިއްލަދޫދައްޕަރު، ހއ. ފިއްލަދޫގެ އިހްތިސާސްއިން ވަކިކުރިއިރު އެރަށު ކައުންސިލަށް އަންގާފައި ނެތުމުން ކައުންސިލުން އަދި އެރަށު ރައްޔިތުންވެސް ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އަދި "ސޭވް ދައްޕަރު"ގެ ނަމުގައި އެރަށު ޒުވާނުންތަކެއް އިސްނަގައިގެން ދަނީ ކެމްޕޭނެއް ކުރަމުންނެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނީ ދައްޕަރުގައި ސަރުކާރުން ވިސްނާފައި އޮތް މަޝްރޫއަކީ ބޭރުގެ ބައެއް މޮޑެލްތަކާއި އެއްގޮތަށް ރިސޯޓު ޕްރޮޖެކްޓެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ