ޝަހީބުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކޮށްފި

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން 2020 އޮކްޓޯބަރު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ގއ.ވިލިނގިލި ލައިޓް ހައުސް ޝަހީބް އިބްރާހީމްގެ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.
މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ފަރާތްތަކަކީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި ޝަހީބް އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް 14 ދުވަހަށްފަހު، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫކޮށްލި ވަނީ ދޫކޮށްލާފައެވެ. ކްރިމިނިލް ކޯޓުން އޭނާ ދުކޮށްލުމުން ފަހުން ހައި ކޯޓުގެ އެ މައްސަލަ އިސްތިއުނާފު ކުރި އެވެ.
އެހެންކަމުން ނޮވެމްބަރު 18 ވަނަ ދުވަހުގެ 15:00 އިން ފެށިގެން ޝަހީބުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް ހައިކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ