އުރީދޫން އައިފޯނު 12 އަދި 12 ޕްރޯ ރާއްޖެއަށް ތައާރަފުކޮށްފި، މާދަމާ ޕްރީ އޯޑަރަށް ހުޅުވައިލަނީ

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 12 އަދި އައިފޯން 12 ޕްރޯ އުރީދޫން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
ރީތި އައު ޑިޒައިންތަކެއް ހިމެނޭ، އައިފޯން 12ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއެކު އެޖް-ޓު-އެޖް ސުޕަ ރެޓިނާ އެކްސްޑީއާރު ޑިސްޕްލޭ ހިމަނާފައިވެއެވެ.
މީގެ އިތުރުން ސެރަމިކް ޝީލްޑް ފްރަންޓް ކަވަރަކާއެކު އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-14 ބަޔޮނިކް ޗިޕަކީ މިހާތަނަށް ސްމާޓް ފޯނެއްގައި ބޭނުންކުރެވިފައިވާ އެންމެ ހަލުވި ޗިޕެވެ.
އުރީދޫން ބުނީ، މާދަމާއިން ފެށިގެން މޫލީ މެދުވެރިކޮށް، އެ ކުންފުނީގެ ކަސްޓަމަރުންނަށް އައިފޯން 12 އަދި އައިފޯން 12 ޕްރޯ، ޕްރީއޯޑަރު ކުރެވޭނެ ކަމަށެވެ.
އިތުރު މައުލޫމާތު ހޯދުމަށް http://ore.do/app އަށް ޒިޔާރަތްކުރުމަށް އުރީދޫން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ