އެސްޓީއޯ ސަން ބަދިގެ: މަސްބޮނޑި

ސަން ބަދިގެ ޕްރޮގްރާމްގައި ރަމަޟާން މަހުގެ 18 ވަނަ ދުވަހު މި ގެނެސްދޭ ޑިޝްއަކީ މަސްބޮނޑިއެވެ. އެކި ވައްތަރުގެ ބަތާއި ރިހައާއެކު ކާލަން މަސްބޮނޑި ވަރަށް މީރުވާނެއެވެ. ބޭނުންވާނެ ތަކެތި: 1 ވަޅޯމަސްގަނޑު 1 ފިޔާ ހިކަނދިފަތް މިރުހެއް ހަވާދު (ފުނޑާފައި) ރަހަލާވަރަށް ލޮނު ތައްޔާރުކުރާނެ ގޮތް: މަސްބޮނޑި ތައްޔާރު ކުރުމަށްޓަކައި، ކޮށާފައިވާ ވަޅޯމަހާއި ފިޔާ، މިރުސް، ހިކަނދިފަތް އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް މޮޑެލާނީއެވެ. އެއަށްފަހު ފުނޑާފައިވާ ހަވާދުގަނޑު އަޅައި ރަނގަޅަށް އެއްކޮށްލާނީއެވެ. އެއަށްފަހު، ދޮންކެޔޮ ފަތަކަށްލައި އޮޅާލުމަށްފަހު ދެކޮޅު އައްސާނީއެވެ. އެއަށްފަހު ފިހާނީއެވެ. އޭރުން ހުންނާނީ މަސްބޮނޑި ތައްޔާރުކޮށް ނިމިފައެވެ. މަސްބޮނޑީގެ ރަހަގަނޑު މީރުވާނީ، ހަވާދުގަނޑު މީރުވި ވަރަކަށެވެ. އާންމުކޮށް ހަވާދު ތައްޔާރުކޮށް އުޅޭ ގޮތަށް ހަވާދުގަނޑު ތައްޔާރު ކުރެވޭނެއެވެ. ހަވާދުގަނޑު ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެތި: 2 މޭޒުމަތީ ސަމުސާ ކޮތަނބިރި 1 މޭޒުމަތީ ސަމުސާ ދަވިއްގަނދަ 1 މޭޒުމަތީ ސަމުސާ ދިރި 1 ފިޔާ، 3 ލޮނުމެދު، އިނގުރުކޮޅެއް 2 ކާށި ރާނބާފަތާއި ހިކަނދިފަތް ރީނދޫކޮޅަކާއި ލޮނުކޮޅެއް ފޮނިތޮށި ކާފޫރުތޮޅި (ބޭނުން ނަމަ) ހިކިމިރުހާއި ކުކުޅު ހަވާދު (ބޭނުން ނަމަ) ހަވާދުގަނޑު ތައްޔާރު ކުރާނެ ގޮތް: ހަވާދުގަނޑު ތައްޔާރު ކުރުމަށްޓަކައި، ފުރަތަމަ ހުރިހާ އެއްޗެއް ތަވާތެރޭގައި ހަނާކުރާނީއެވެ. އެއަށްފަހު ފުނޑާނީއެވެ. އެންމެ ފަހުން، ވަނަކުން ނޫނީ މިކްސްޗަރަކުން ހިމުން ކުރާނީއެވެ. ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލްގްރެފިކްސް: ޢަލީ ޝާހިންވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް ރެސިޕީ ތައްޔާރުކުރީ: ރަތީބާ ޙަސަން 'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ