2018 ވަނަ އަހަރާއި އަޅާބަލާއިރު 2019 ވަނަ އަހަރު ލިބިފައިވާ ޖުމުލަ މައްސަލަތަކުގެ އަދަދު މަދުކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފި އެވެ.
ބަންޑާރަނައިބުގެ އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، 2018 ވަނަ އަހަރު އެ އޮފީހަށް ޖުމުލަ 764 މައްސަލަ ލިބިފައިވެއެވެ. އޭގެ ތެރެއިން ދައުލަތަށް ދައުވާ ރައްދުވި މައްސަލަތަކުގެ އަދަދަކީ 335 ކެވެ. އަދި ދައުލަތުން ދައުވާކުރި މައްސަލަތަކުގެ އަދަދަކީ 429 ހެވެ. އަދި 33 މައްސަލައެއް ކޯޓަށް ހުށަނާޅޭކަމަށް އޭޖީ އޮފީހުން މައުލޫމާތު ދެއެވެ.
އެހެން ނަމަވެސް 2019 ވަނަ އަހަރު އެ އޮފީހަށް ލިބިފައިވަނީ 384 މައްސަލައެވެ. އޭގެތެރެއިން ދައުލަތަށް ރައްދުވާ 226 މައްސަލައާއި ދައުލަތުން ދައުވާކުރި 158 މައްސަލައެއް ހިމެނެ އެވެ. އަދި ކޯޓަށް ހުށަހަޅާފައިނުވާ ހަތަރު މައްސަލަ ހިމެނެއެވެ.
ދައުލަތުގެ މައްޗަށް ދައުވާ ކުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ދައުވާ ކުރީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ކަމަށް ބަންޑާރަނައިބުގެ އޮފީހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން 2019 ވަނަ އަހަރު ފުލުހުންނަށް ރައްދުވާ 43 މައްސަލައެއްގައި ވަކާލާތުކޮށްފައިވެއެވެ.
2019 އަހަރު އޭޖީ އޮފީހުން ވަކާލާތު ކުރި މައްސަލަތަކުގެ ތެރެއިން ދައުލަތުން ދައުވާ ކުރި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އިސްތިއުނާފުގެ މައްސަލަތަކެވެ. އެގޮތުން އިސްތިއުނާފުގެ 43 މައްސަލައެއްގައި އޭޖީ އޮފީހުން ވަކާލާތުކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ވަކާލާތު ކުރި މައްސަލަތަކަށް ބަލާއިރު ފައިސާއާ ބެހޭ 30 މައްސަލައެއް އަދި ބިމާ ބެހޭ 26 މައްސަލައެއްގައި އެ އޮފީހުން ވަކާލާތުކޮށްފައިވެއެވެ.
2018 އާއި އަޅާބަލާއިރު 2019 ގައި ލިބުނު މައްސަލަތައް މަދު: އޭޖީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ