މަރު ކޮމިޝަނުގެ މެންބަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ: މައުމޫން

މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް، އުފައްދާފައިވާ ކޮމިޝަނުގެ މެންބަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލަ ބެލުމަށްފަހު، މަރުކޮމިޝަނުން އެކަމާ ގުޅޭ މައުލޫމާތު ހާމަކުރުމާއި ގުޅިގެން ގާނޫނީ ވަކީލު މަހުފޫޒު ސައީދު ކުރެއްވި ޓުވީޓެއްގައިވާ ވާހަކަތަކަށް ރައީސް މައުމޫން ތާއީދުކުރައްވައި ވިދާޅުވީ ކޮމިޝަނުގެ މެންބަރުންނަށް ދައުލަތުން ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.
އަދި ކޮމިޝަނުގެ މެންބަރުން ކުރައްވަނީ ނުރައްކާތެރި މަސައްކަތެއްކަން މައުމޫން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސް މައުމޫން ވަނީ ރިލުވާނު ގެއްލުވާލުމުގައި އަޑީގައި ތިބި މީހުންގެ މައުލޫމާތު ހިމެނޭ ގޮތުން މަރު ކޮމިޝަނުން ތަހުގީގު ކޮށްފައިވާ ރިޕޯޓް އާންމު ކުރުމާއި ގުޅިގެން، އެކަމަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ.
ގާނޫނީ ވަކީލު މަހުފޫޒު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، މަރުކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދާއި އެކޮމިޝަނުގެ ހުރިހާ މެންބަރުންނާއި އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ދައުލަތުން ކަށަވަރުކޮށްދޭންޖެހޭ ކަމަށެވެ. އަދި ސެކިއުރިޓީގެ ރަނގަޅު އިންތިޒާމެއް ހަމަޖައްސަން ޖެހޭނެ ކަމަށް މަހުފޫޒުގެ ޓުވީޓުގައި ވެއެވެ.
މަރުކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައިވާ ގޮތުން ރިލުވާނު މަރާލާފައިވަނީ ކަނޑުމަތީގައި އޮތް ދޯންޏަކަށް އެރުވުމަށްފަހު، ބޯ ބުރިކޮށްލައިގެންނެވެ. އެކަން ހާމަވެފައިވަނީ ސިއްރު ހެއްކަކު ހެކިބަސްދީފައިވާތީ ކަމަށް ރިޕޯޓުގައި ވެއެވެ. ރިޕޯޓްގައި ބުނެފައިވަނީ މި ދޯންޏަށް އެރުވުމަށްފަހު ރިލްވާންގެ ކަރު ބުރިކޮށްލީ ކަމަށާއި، ކަރު ބުރިކޮށްލުމަށްފަހު، އެ މީހުން ރިލްވާނުގެ ހަށިގަނޑު ކަނޑު ފެއްތީކަމަށް އެއްވަނަ ހެކި
ހެކިބަސް ދިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ